
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނޭޝިޔާގެ އެންމެ އުސް އެއް ފަރުބަދަ ގޮވުމާ ގުޅިގެން އެ ސަރަޙައްދުން 900އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފިއެވެ. ޖާވާގައި ހުންނަ ސެމެރޫ އަލިފާން ފަރުބަދަ ވަނީ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހު 10 ފަހަރުމަތިން ގޮވާފައެވެ. އެ ގޮވުންތަކާއެކު އެ ފަރުބަދައިން އަރަމުންދާ އަޅިތަކާއި ދިޔާ އަލިފާނުގެ ކޯރުތައް ވަނީ ފަރުބަދައިން ތިރިއަށް 13 ކިލޯމީޓަރާ ހަމައަށް ފައިބާފައެވެ. އަލިފާން ފަރުބަދަ ގޮވަންފެށި ވަގުތު އެ ފަރުބަދައަށް އެރުމަށް މަސައްކަތް ކުރަމުން ދިޔަ 170 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ފަރުބަދަ މަތީގައި ތާށިވެފައިވާ މީހުން ތިބީ އަލިފާން ފަރުބަދައިގެ އަނގައާ 6.4 ކިލޯމީޓަރު ދުރު ސަރަޙައްދެއްގައެވެ. އެ މީހުންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސެމެރޫ ނޭޝަނަލް ޕާކްގެ އިސް ބޭފުޅެއް ކަމަށްވާ ސެޕްތީ ވަރުދާނީ ވަނީ ވިދާޅުވެފައެވެ.
އުސްމިނުމުގައި 3،676 މީޓަރު ހުންނަ ސެމެރޫ ފަރުބަދައަކީ އިންޑޮނޭޝިޔާގެ 170 ޙަރަކާތްތެރި އަލިފާން ފަރުބަދައިގެ ތެރެއިން އެއް އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ އެންމެ ފަހުން ގޮވާފައި ވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ހާދިޘާގައި 51 މީހުން މަރުވެ، ފަރުބަދައާ ކައިރި އަވަށްތަކަށް ވަނީ ވަރަށް ބޮޑަށް އަޅި ފެތުރިފައެވެ. ފަރުބަދަ ސަރަޙައްދުގައި ދިދިއުޅޭ 956 މީހުން މިހާތަނަށް ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާއިރު ގޭގޭގައި އިތުރު މީހުން ތާށިވެފައި ތިބިތޯ ޔަޤީންކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
