
ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ އަގުވަޒަންކުރައްވާ “ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް” އިން ޚާއްސަ އިންޓަރގްރިޓީ އެވޯޑެއް ރާއްޖެއަށް އަރުވައިފިއެވެ. މިއެވޯޑު ލިބިގެންދިޔުމަކީ، ރާއްޖެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް ފާގަތި މުސްތަޤުބަލެއް ދިވެހީންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިންޓަރގްރިޓީ އެވޯޑާއި ގުޅޭގޮތުން ސަރުކާރުން ވިދާޅުވީ، “ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ”އިން އިންޓަރގްރިޓީ އެވޯޑު އަރުވާފައިވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ކޮޕްގެ 11 ވަނަ ސެޝަނުގެ ތެރެއިންކަމަށެވެ. މިއެވޯޑާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަލްމާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދުންފަތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަންނަމުންދިޔުމާއި، ދެއްވަމުންދާ އެއްބާރުލުމުން ފެނިގެންދަނީ ރާއްޖެއިން މިކަމުގައި ދެގޮތެއް ނުވެ އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ޔަގީންކަމާއެކު ސިޔާސަތުތަކަށް ޢަމަލުކުރަން ފެށުމާއި، ވަކިން ޚާއްސަކޮށް އިލެކްޓްރޯނިކް ސިގިރެޓާއި، ދުންފަތުގެ ބާވަތްތަކުން ނަގަމުންދާ ޑިއުޓީ ބޮޑުކުރުމާއި، ވަކި ޢުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނަކުން މަނާކުރުމަށް އެޅި ވަރުގަދަ ފިޔަވަޅާއެކު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ “ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް-އެފްސީޓީސީ”ގެ ޤައުމުތަކަށް ނަމޫނާއަކަށް ވެގެން ގޮސްފައިވާކަން އެއިދާރާއިން ފާހަގަކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
“ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ”އަކީ ދުންފަތާއި ދެކޮޅަށް ބައިނަލްއަޤުވާމީގޮތުން މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާއަކީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ އެކި އިދާރާތަކާއި ޤައުމުތަކާއެކު، ދެފުއްފެންނަ ނިޒާމަކާއި، ޒިންމާދާރުކުރުވޭނެ ނިޒަމެއް ޤާއިމުކުރުމަށާއި ދުންފަތުގެ ބާވަތްތައް އުފެއްދުމުގެ ސިނާޢަތާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެކެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
