
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ މީގެ 53 އަހަރު ކުރިން ކަމަށާއި، މިހާރު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށް ސަރުކާރުން ބުނެއެވެ. މި ސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ފަތުރުވެރިކަން ތަރައްޤީވެފައިނުވާ ހއ، ހދ، ށ، ކ، ލ އަދި އައްޑޫ ސިޓީ ފަދަ އަތޮޅުތަކުގައި ރިސޯޓު ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމަވާފައިވާއިރު، ‘ހަލާލް ޓުއަރިޒަމް’ ކޮންސެޕްޓަށް ތަރައްޤީކުރާ ރިސޯޓުތަކަށް އިތުރު ލުއިތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ ދަށުން 5 ރަށެއް ހަލާލް ފަތުރުވެރިކަމަށް ވަނީ ހުޅުވާލާފައެވެ.
ފާއިތުވި އަހަރު ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގުޅުންތައް ބަދަހިކޮށްފައިވާއިރު، މި 2025 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅިން އަލަށް 122 ތަނެއް ރަޖިސްޓްރީކޮށްފައިވެއެވެ. މި ތަންތަނުގެ ތެރޭގައި 2 ރިސޯޓާއި، ޓޫރިސްޓް ހޮޓަލަކާއި، 87 ގެސްޓްހައުސްއާއި، 20 ހޯމް ސްޓޭ ޓޫރިސްޓް ގެސްޓްހައުސް އަދި 12 ޓޫރިސްޓް އުޅަނދު ހިމެނެއެވެ. މިއާއެކު މިވަގުތު ރާއްޖޭގައި 172 ރިސޯޓާއި، 16 ޓޫރިސްޓް ހޮޓަލާއި، 851 ޓޫރިސްޓް ގެސްޓްހައުސްއާއި، 366 ހޯމް ސްޓޭ ޓޫރިސްޓް ގެސްޓްހައުސްއާއި، 163 ޓޫރިސްޓް އުޅަނދު އަދި 3 ޔޮޓް މެރީނާ ހިންގަމުންދާއިރު، މުޅި ޖުމްލަ 65,439 އެނދު ވެއެވެ. ރާއްޖެއަށް މިދިޔަ އަހަރު މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުންނެވެ.
މިއަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވާފައިވާއިރު، މިއީ އަހަރަކު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭ ވަރުގެ ޓާމިނަލެކެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު މި ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަތީ ފަންތީގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުކަމެވެ. މިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ މި ދާއިރާއިން ބޭނުންވާ ތަމްރީންތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި 5 ތަރީގެ ރިސޯޓެއް ތަރައްޤީކޮށް ހޮޓެލް ސްކޫލެއް ޤާއިމްކުރުމަށް ޤައުމީ ޔުނިވަރސިޓީއާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މި ސިނާޢަތުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުސްތަޤްބަލު ވަރަށް އުޖާލާ ކަމަށް ފެނެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
