
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ދިވެހި ފުލުހުންގެ ބޭނުމަށް 2022 ވަނަ އަހަރު ބޮޑީވޯން ކެމެރާ ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކޮށް، ޝަރުތު ހަމަނުވާކަމަށް ނެޝަނަލް ޓެންޑާ ބޯޑުން ކަނޑައެޅި ކުންފުނީގެ ހިއްސާދާރުން ތިބި އެހެން ކުންފުންޏަކާ ކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ފުލުހުންގެ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ބަލަމުން އަންނަ މައްސަލައެއްގެ ތެރެއިން ހޯދާފައިވާ މައުލޫމާތުތަކުންނެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ އެންމެ ފުރަތަމަ ބޭނުުންކުރަންފެށީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ލީޑަޝިޕްގައެވެ.
ފުލުހުންގެ ކުންފުނި، ޕޮލްކޯއާއި ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ކުރިއަށްގެންދާ ތަހުގީގުން އެނގޭ ގޮތުގައި، 2022 ވަނަ އަހަރު ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ބޮޑީވޯން ކެމެރާ ހޯދުމުގެ މަސައްކަތުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމެވެ. ފުރަތަމަ 1،400 ބޮޑީވޯން ކެމެރާ ހޯދުމަށް ސިންގަލް ޕްރޮކިއުމެންޓް އުސޫލުން މަސައްކަތް ހަވާލުކުރީ ޒެޓާ އެންޓަޕްރައިޒަސް އާއެވެ. ނަމަވެސް، ނެޝަނަލް ޓެންޑާ ބޯޑުން މިކަން ބެލުމަށްފަހު، އެއީ އެކަމަށް ޝަރުތު ހަމަވާ ކުންފުންޏެއް ނޫން ކަމަށް ނިންމިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ޓެންޑާ ބޯޑުން ފާހަގަކުރި ގޮތުގައި، ޒެޓާ އެންޓަޕްރައިޒަސް އިން ސަޕްލަޔަ ކްރެޑިޓް ލެޓާއެއް ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތެވެ. އަދި ޒެޓާ ކުންފުންޏަކީ ސެކިއުރިޓީ އާއި އިލެކްޓްރޯނިކް ސާމާނު ސަޕްލައި ކުރަމުން ދިޔަ ކުންފުންޏަކަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފަންނީ ގާބިލުކަންވެސް ޒެޓާގައި ނެތް ކަމަށް ޓެންޑާ ބޯޑުން ބުންޏެވެ. މީގެ އިތުރުން، ޓެންޑާ ބޯޑުން ވަނީ ފުލުހުން އެ މަސައްކަތް ކުރުމަށް ޕްރޮކިއުމެންޓް ފެށި ތާރީހާއި ޒެޓާ އިން ކެމެރާ ހޯދުމުގެ ޓްރަޔަލް މަސައްކަތް ފެށި ތާރީހުތަކުގައި ފުށުއެރުންތަކެއް ހުރި ކަންވެސް ފާހަގަކޮށްފައެވެ. ނެޝަނަލް ޓެންޑާ ބޯޑުން އެގޮތަށް ނިންމުމުން، ފުލުހުންގެ އިދާރާއިން އަނެއްކާވެސް ވަނީ 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ގެޒެޓުކޮށްފައެވެ. އެކަމަށް އިއުލާނުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަރު 2021 ގައެވެ. އެ ޕްރޮޖެކްޓަށް ތިން ފަރާތަކުން ކުރިމަތިލި އިރު ފުލުހުންގެ އިދާރާއިން އެ މަސައްކަތް ހަވާލުކުރީ ޒެޓާ ޓެކްނޮލޮޖީއާއެވެ. އެއީ ޒެޓާ އެންޓްޕްރައިޒަސްގައި ހިމެނޭ ހިއްސާދާރުންނަށް ނިސްބަތްވާ ކުންފުންޏެކެވެ.
މި މައްސަލަ އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި ނަމަވެސް، އެކަން ކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭރު ނިންމައިފައެވެ. އެހެން ނަމަވެސް، މާލިއްޔަތުގެ ސަބް ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކެމެރާ ގަތުމުގެ ކަންކަން ހިންގި ޓައިމްލައިން މިހާރު ވަރަށް ފުރިހަމައަށް ސާފުވެއްޖެ ކަމަށާއި، ޒެޓާ އެންޓްޕްރައިޒަސް އަކީ ކޮލިފައި ނުވާ ބައެއް ކަމަށް ނިންމުމުން އަނެއްކާވެސް އެއް ހިއްސާދާރުން ހިމެނޭ އެހެން ކުންފުންޏަކަށް ދީފައި އޮތް ކަން ސާފުކޮށް އެނގޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ނާޒިމް ވިދާޅުވި ގޮތުގައި، މި ކަމަށް އެންމެ ފުރަތަމަ 48 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، މަސައްކަތް ނިމުނު އިރު 66 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި މިއީ ކެމެރާ ހޯދުމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަކަށް 18 މިލިޔަން ރުފިޔާގެ އިތުރު އަދަދެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެންގެ އޮބްޒަވޭޝަންގައި ފާހަގަކުރެވެނީ ޒެޓާ ޓެކްނޮލޮޖީސް އިން ޕްރޮސެސް ފެށި ފަހުން މިއޮތީ އޭޖެންސީ ހޯދާފައި. 1،400 ކެމެރާ ގަންނަން އުޅެފައި 200 ގަނެފައި ދެން 1،200 ގަންނަން ބުނި ޖަސްޓިފިކޭޝަން އަކީ މިހާރު ހުރީ 200 ކެމެރާ ހޯދިފައޭ” ނާޒިމް ވިދާޅުވިއެވެ.
އެޒޯން ބްރޭންޑްގެ ބޮޑީވޯން ކެމެރާ ގަތުމުގެ މަސައްކަތް ޒެޓާއިން 2021 ވަނަ އަހަރު ފެށި އިރު، އެ ކުންފުންޏަށް އެކްސްކްލޫސިވް ރައިޓް ލިބިފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައިކަންވެސް މާލިއްޔަތު ކޮމިޓީއިން އާންމުކުރި މައުލޫމާތުތަކުން ހާމަވެއެވެ. އިތުރު 1،200 ބޮޑީ ކެމެރާ ގަތުމަށް 2022 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ފުލުހުން ޒެޓާ ޓެކްނޮލޮޖީއާ ހަވާލުކުރީ 66 މިލިޔަން ރުފިޔާއަށެވެ. ނަމަވެސް، ސަބް ކޮމިޓީން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފުލުހުންގެ އިދާރާއިން އެ ކުންފުންޏަށް 67 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، ދައުލަތުގެ ބަޖެޓަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށްވެސް އެ ކޮމިޓީން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
