
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަަށް ގެނައުމާ ގުޅޭ ގޮތުން ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ ސްޕެއިނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ޚާރިޖީ ދާއިރާއިން މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް ވަނީ ނާކާމިޔާބުވެފައެވެ. ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
“މި ކަން [ހަނގުރާމަ] ކުރިއަށްދާއިރު، އަޅުގަނޑުމެންނަށް މެދުކެނޑުމެއް ނެތި ތާޢީދު އޮތް ކަން ހާމަވަމުން ދިޔުމަކީ މުހިންމު ކަމެއް،” ސްޕެއިންގެ ބޮޑުވަޒީރާ އެކު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވިއެވެ. އަދި، ޔޫކްރެއިންގައި “އިންސާފުވެރިކަމާ އެކު ސުލްޙަ” ޤާއިމު ކޮށްދެވޭނެ ގޮތްތަކެއް ދެނެގަތުމަށް ދާދި އަވަހަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާ އެކު މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުގެ ތެރޭގައި ސުލްޙައިގެ މަޝްވަރާތައް ފެށިއެވެ. އެ ކަމާ ގުޅޭ ބައްދަލުވުންތައް ބާއްވަނީ ވަނީ އިސްތަންބޫލުގައެވެ. މި އަހަރުގެ ކުރީކޮޅު ވެސް، އިސްތަންބޫލުގައި ދެ ޤައުމުގެ މަންދޫބުންގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ދިޔައެވެ. ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. “އަޅުގަނޑަށް ޤަބޫލު ކުރެވެނީ [އުރްދުޣާނާ އެކު ބާއްވާ ބައްދަލުވުމުގައި] އެކަށީގެންވާ ފަދަ ކުރިއެރުންތަކެއް ހޯދޭނެ ކަމަށް،” ޒެލެންސްކީ ވިދާޅުވިއެވެ.
އެމެރިކާއާއި ރަޝިޔާއާ ދެމެދު ސިއްރު މަޝްވަރާތަކެއް
ތުރުކީވިލާތުގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ އަނެއް ޤައުމަކީ އެމެރިކާއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާއިން ރަޝިޔާއާ އެކު ސިއްރު މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި، އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ދާދި ފަހުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި، މަޝްވަރާތަކުގެ މަޤުޞަދަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންވާނެ އެއްބަސްވުމެއްގެ ދެލިކޮޕީ ތައްޔާރު ކުރުމެވެ.
ރަޝިޔާއާއި އެމެރިކާގެ އޮފިޝަލުންނާ ޙަވާލާދީ އެކްސިޔޮސުން ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން 28 މާއްދާއެއްގެ މައްޗަށް އެކުލެވޭ ރޭވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެއީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ ގޮތުން ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި އެއްބަސްވުމުގެ މައްޗަށް ބިނާ ކޮށްފައިވާ ރޭވުމެއް ކަމުގައި ވެސް އެކްސިޔޮސުން ރިޕޯޓު ކުރިއެވެ.
ދެ ޤައުމުގެ އޮފިޝަލުންނާ ޙަވާލާދީ އެކްސިޔޮސުން ބުނީ، އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ރޭވުމުގައި ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ ކަމުގައެވެ. މި ގޮތުން، ޔޫކްރެއިންގައި ސުލްޙަ ޤާއިމު ކުރުމާއި، އެ ޤައުމުގެ ސަލާމަތާއި ދިފާޢު ކަށަވަރު ކޮށްދިނުމާއި، ވިލާތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ކުރިމަގުގައި ޔޫކްރެއިނާއި ރަޝިއާއާ އެކު އެމެރިކާއިން ބާއްވާ ގުޅުންތަކާ ބެހޭ މާއްދާތައް ހިމެނިގެންވާ ކަމުގައި ވެސް އެކްސިޔޮސުން ރިޕޯޓު ކުރިއެވެ.
އެމެރިކާއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވަމުން ގެންދަވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފެވެ. އަދި، ރަޝިޔާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ޚާއްޞަ މަންދޫބު ކިރިލް ދިމީތުރީފެވެ. އައު ރޭވުމާ ގުޅޭ ގޮތުން ވިޓްކޮފް ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އިސް މުޝީރު ރުސްތަމް އުމެރޮވާ މަޝްވަރާ ކުރައްވާފައި ކަމުގައި ވެސް އެކްސިޔޮސުން ރިޕޯޓު ކުރިއެވެ. ނަމަވެސް، މި ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ވައިޓް ހައުސުން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
