
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުން ދަނިކޮށް ޔަހޫދީން ޣައްޒާއަށް ދިން ވަރުގަދަ ވައިގެ ޙަމަލާތެއްގައި އެ ސަހަރުގެ ދިހަ މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ޝުޖާޢިއްޔާއިން ދެ މީހުންނާއި އައްޒައިތޫންއިން ހަތަރު މީހުން ޝަހީދުވެފައިވެއެވެ. ތިންވަނަ ވައިގެ ޙަމަލާއެއް ދެކުނު ޣައްޒާގެ މަވާސީ ސަރަޙައްދަށް ދީފައިވާއިރު، އެ ޙަމަލާގައި ވެސް ހަތަރު މީހުން ޝަހީދުވެފައިވެއެވެ. ތިން ޙަމަލާ ވެސް ދީފައި ވަނީ ޔަހޫދީންނާއި ފަލަސްޠީނުގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތައް ވަކިކޮށްދޭ “ރީނދޫ ރޮނގަށް”ވުރެ މާ ދުރުގައެވެ. ޒައިތޫންއަށް ދިން ޙަމަލާ އަމާޒުކޮށްފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ އިދާރާއެއްގެ އިމާރާތަކަށެވެ. އަދި މަވާސީ ސަރަޙައްދުގައި ދީފައިވާ ޙަމަލާ އަމާޒުކޮށްފައި ވަނީ އދން ހިންގާ މަރުކަޒަކަށެވެ. ދެ އިމާރާތުގައި ވެސް ހަނގުރާމައިގެ ޙާލަތުަގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ ޢާއިލާތައް ދިޔައީ ދިރިއުޅެމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުުދުވާނީ ޙަމަލާތައް ހުއްޓާލާފައި ވަނީ އެމެރިކާއިން އިސްވެ އޮވެ އެކުލަވާލައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ހަނގުރާމަ ހުއްޓާލާފައިވާ ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޔަހޫދީން މިހާތަނަށް 290 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މީހުން ޝަހީދުކޮށްލާފައި ވަނީ އެންމެ ދުވަހުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
