
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކު ހިންގަނީ ފައިދާގައި ކަމަށާއި، މިހާރު ބައިނަލްއަޤްވާމީ ބޭންކުތަކުންވެސް ބީއެމްއެލްގެ ކުޅަދާނަކަން ޤަބޫލުކުރާ ކަމަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، އޭނާ ބޭންކާ ހަވާލުވެވަޑައިގެންނެވިއިރު ކޮވިޑް-19 އާ ގުޅިގެން ފޮރިން އެކްސްޗޭންޖްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެކަމުން އަރައިގަނެވި، ބޭންކުގެ މާލީ ހާލަތު ވަރަށް ރަނގަޅުކަމަށެވެ. މިއަހަރަކީވެސް ރެކޯޑު ފައިދާއެއް ލިބޭނެ އަހަރެއް ކަމަށް އޭނާ ލަފާކުރައްވައެވެ.
ބީއެމްއެލް އަކީ 10 މިލިޔަން ރުފިޔާގެ ކެޕިޓަލް އިން ފެށި ބޭންކެއް ނަމަވެސް، މިހާރު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލް ބޭސް އެއް ހުރި ކަމަށާއި، ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، ރާއްޖެއިން ބޭރަށްވެސް ފުޅާވުމުގެ ޤާބިލިއްޔަތު ހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. ބޭންކު ހިންގަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަޙަތު އަބަދުވެސް އިސްކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
