
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
އެސްއީޒެޑް ޤާނޫނުގެ ތެރެއިން އިންވެސްޓްމެންޓުތައް އައުމުން އިޤްތިޞާދަށް ކުރިއެރުން ލިބި، އިޤްތިޞާދު ސިންދަފާތުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް “ރައްޔިތުންނާއެކު ކުރިއަށް” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެސްއީޒެޑް ޤާނޫނުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 19 ދާއިރާއެއް ދިވެހިންނަށް އެކަނި އިންވެސްޓްކުރެވޭ ގޮތަށް އިންތިޒާމްކުރައްވާފައިވާކަން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޒްއީޒެޑް ޤާނޫނުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށްވެގެންދާނީ ޤައުމުގެ އިޤްތިޞާދު އެތައް ގުނައަކުން ކުރިއެރުންކަމަށެެވެ. އަދި އެކަމުގެ ސަބަބުން އިގްތިޞާދުވެސް ސިންދަފާތުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. “ނ.އަތޮޅުގެ ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ޤާނޫނުގެ ތެރެއިން ފުރުސަތު ދީފައި އެވަނީ. މިހެން ގޮސް އެކި ދިމާލުން ޕްރޮޖެކްޓް ގެނެސް އިންވެސްޓް ކުރުން ވެގެންދާނީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ. ޑައިވާސިފިކޭޝަން ލިބޭ ވަރަށް މުހިންމު މަސައްކަތްތަކެއް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލު ގެނައުމާއެކު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަމަށް ވިދާޅުވިއެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ގޫގުލްއިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ޤާއިމްކުރަން އިންވެސްޓްކުރަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އުފެއްދުމަށް، ޕާލް ވިސާ ޕްރޮގްރާމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި އިންވެސްޓްމެންޓް ނުގެނެވި ހުރި ސަރަހައްދުތަކަށް އިންވެސްޓްމެންޓް ގެނައުމަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި، އެކަމުގެ ދިރާސީ މަސައްކަތްކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިމަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލާ، ގެންނަން ބޭނުންވާ ބަދަލުތައް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
