
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަސްވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކާއެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ދާއިރާ އޮތީ ނިކަމެތިކޮށްލާފައިިކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަމުން ހާއްސަ އިސްކަމެއް ދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އައިސްޕްލާންޓްތައް ހުރީ ހަލާކުވެފައިކަމަށާއި އެހެންނަމަވެސް މިހާރު އަލަށް އެތައް އައިސްޕްލާންޓެއް ޤާއިމްކޮށް، ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން، އާރްއެސްޑަބްލިއު (ބޯޓުފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު) ޤާއިމްކުރުމަށް ފޯރުކޮށްދޭ ލޯނުގެ އެހީގައި އެތައް ދޯންޏެއްގައި އާރްއެސްޑަބްލިއު ސިސްޓަމްތައް މިހާރު ޤާއިމްކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
“އޭގެ އިތުރަށް އާރްއެސްޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މިހާރު ވަނީ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކޮށްފައި. އަދި ބީއެމްއެލުން މިހާރު އެއޮތީ އައު ފުރުސަތުތަކެއް ހުޅުވާލާފައި.
މިހާރު 200 އެތައް ފުރުސަތެއް އެބޮތް ހުޅުވާލާފައި އާރްއެސްޑަބްލިއު ޤާއިމްކުރަން. އެހެންމަ މަސްވެރިން ހަމަ އެ ފުރުސަތުތައް ނަންގަވަންވީ އެސްޑީއެފްސީއިން އެ ފޯރުކޮށްދޭ ފުރުސަތުތަކުގެ ތެރެއިން. މި ފުރުސަރު ނެންގެވީމަ ދޯނީގަ އައިސް ފެސިލިޓީ ޤާއިމްކުރުމަށް ވަރަށް ބޮޑަށް ފަސޭހަތަކެއް އެ ލިބިގެންދަނީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އައިސްޕްލާންޓް ޤާއިމްކޮށްދިނުމާއި ކޯލްޑް ސްޓޯރޭޖް ޤާއިމްކޮށްދިނުމަކީ ސަރުކާރުން ކުރަމުންދާ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް ބަލާއިރު، ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި 9500 ޓަނުގެ ކެޕޭސިޓީ، ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު 24500 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ފެށިފައި ހުރި މަސައްކަތްތައް ނިމިގެންދާއިރު މިކަން ހާސިލުވާނެ ކަމަށާއި، މިކަންކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޫއްޑޫގައި ހިންގަމުންދާ ބޭރު ފަންޑެޑް ޕްރޮޖެކްޓުތަކާއި، މިފްކޯއިން ކުރަމުންދާ މަސައްކަތްތައްވެސް މިހާރު ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ކޫއްޑޫ އިތުރަށް ތަރައްޤީކުރުމަށްވެސް ސަރުކާރުން މަސްވެރިންގެ އަޑު އަހައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
“ކޫއްޑޫ އިތުރަށް ތަރައްޤީކުރުމަށްވެސް ސަރުކާރުން މި ދަނީ މަސްވެރިންގެ އަޑު އަހައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކޫއްޑޫގައި މަސްކިރަން ބޭނުންކުރާ ކައްޓާ. މިއީ ވަރަށް ބޮޑަށް މަސްވެރިން ޖާއިޒުގޮތެއްގައި މައްސަލަޖައްސާކަމެއް. އެ ކައްޓާއިން ކިރާ ނިމޭއިރުގައި މަސްކޮޅިގެ ދެބައިކޮޅު އެއްބައި އޮންނަނީ އަގު ގެއްލިފައި. އެހެންމަ އެ ކައްޓާ ބަދަލުކުރަންޖެހޭ. މިފްކޯގެ އެމްޑީވެސް ޔަގީންކަން ދެއްވީ ޑިސެމްބަރު 10ގެ ކުރިން ކޫއްޑޫގެ ކައްޓާތައް ޑިޖިޓަލްވާނެކަމަށް. އޭރު މަސްވެރިން ކިރާ މަހުގެ އަގު އެބަލިބޭ. އަގު ލިބުނީމަ އަދި އެޖެހޭ ތަންކޮޅު 16އިން 20އާ ގާތްވެސްވާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ވަރަށް ގިނަ މަސައްކަތް ކޮށްދެމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ސިޔާސަތުނަމަވެސް ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ދޫކުރެވުންދާކަމީ ފެންނަން އޮތް ހަޤީޤަތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ބަންދު ދުވަހަކަށް ބެލުމެއްނެތި މިއަދު މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. “ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން. ބޭނުންވަނީ ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން ދޯނިތަކަށް ދާން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާނެކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
