
މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ކަނޑުފަޅު ނަފާ ލޯނުން 18.8 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މި ލޯނު ދޫކުރަނީ، އެސްއެމްއީ ޑިޖިޓަލްއިންނެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކަނޑުފަޅު ނަފާ ލޯނު ދެމުން އައި ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލު ގެނައީ، 21 ފެބްރުއަރީ 2024 ގައެވެ. ކުރިން ކަނޑުފަޅު ނަފާ ލޯނު ދިނީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށެވެ. ނަމަވެސް މިހާރު މި ލޯނު ދޫކުރަނީ، ފަރު މަސްވެރިކަމުގެ އެކިއެކި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި އާރު.އެސް.ޑަބްލިއު ސިސްޓަމް ޤާއިމް ކުރުމަށް ވަކިން ދަނީ، ލޯނު ދޫކުރަމުންނެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 68 ފަރާތަކަށް ލޯނު ދޫކުރުމަށް އެޕްރޫވްކޮށްފައިވާ ކަމަށެވެ. އެއީ މުޅި ޖުމްލަ 34.5 މިލިޔަން ރުފިޔާއެވެ. އެޕްރޫވްކޮށްފައިވާ އަދަދުގެ ތެރެއިން މިހާތަނަށް 18.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފަރު މަސްވެރިކަމަށް ޚާއްސަ ކޮށްގެން ދޫކުރާ ކަނޑުފަޅު ނަފާ ލޯނުން ފަރު މަސްވެރިކަން ކުރާ ފަރާތްތަކަށް 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ. އެސްއެމްއީ ޑިޖިޓަލްއިން ދަނީ، އެކިއެކި ދާއިރާތަކުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެ ބޭންކުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މިފަދަ ވިޔަފާރިތަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 573 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
