
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މިހާރު 126 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ރައްޔިތުންނާއެކު ކުރިއަށް ނަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ މާލީ ހާލަތަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ބޮޑެތި ދަރަނިތައް ނަގާފައި ހުރީ ޤައުމަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވޭ. އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން އެއީކީ ޑިފޯލްޓްވެއްޖެއިއްޔާ. އެހާ ނުރައްކާތެރި ހާލަތަކަށް ޤައުމު ވައްޓާލާފައި އޮތީ. އެހެން ނަމަވެސް ބަޖެޓު މެނޭޖް ކުރަމުން މިދަނީ ބޭނުންވާ މަޤްޞަދު ހާސިލްކުރަމުން. ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނަން ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދައުލަތުން ބޮޑެތި ލޯނު ދައްކަން ޖެހޭއިރު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މި ސަރުކާރު ހަވާލުވިއިރު ހުރީ އެންމެ 2 މިލިޔަން ޑޮލަރާއި 2.7 މިލިޔަން ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރު މިހާތަނަށް އައިއިރު އެ ފަންޑުގައި 126 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަރަނި ދެއްކުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން މިިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް 584 މިލިޔަން ޑޮލަރު ބޭންކުތަކަށް މާކުރެވިފައިވާކަމަށް ރައީސް ހާމަކުރެއްވިއެވެ. މިއާއެކު ދަރަނި ދެއްކުމާއި ސަރުކާރުން ހަމަޖައްސަންޖެހޭ އެހެނިން ބޭރު ފައިސާގެ ކަންކަން ހަމަޖެއްސުމަށް ބޭނުންކުރާ ރަސްމީ ރިޒާވުގައި 864 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
