
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް އެ ޤައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓަކުން ޙުކުމް ކޮށްފިއެވެ. ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައި މި ވަނީ، ހުސްވި އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ހާސް ދަރިވަރުން ތެދުވެ، ފެށި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި ޢާންމުންގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ. މަސްތަކަކަށް ދެމިގެންދިޔަ ޝަރިޢަތަށް ފަހު ޙަސީނާއާ ދެކޮޅަށް ކޯޓުން އިއްވާފައިވާ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި، ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވަނީ އޭނާގެ އަމުރަށެވެ. މިއީ، ބަންގްލަދޭޝްގެ ތާރީޚުގައި ވެސް ކުރީގެ ވެރިއަކާ ދެކޮޅަށް މި ފަދަ ހަރުކަށި ޙުކުމެއް އިއްވާފައިވާ ފުރަތަމަ ފަހަރެވެ. ކޯޓުން ޙަސީނާއާ ދެކޮޅަށް ޙުކުމް ކޮށްފައި މި ވަނީ، ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ވެސް ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އަންނަ އަހަރުގެ ފެބުރުވަރީ މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ޙަސީނާގެ އަވާމީ ލީގަށް ނޯންނާނެ ކަމުގައި ކުރިން އޮތީ ކަނޑައަޅާފައެވެ. ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމާ ގުޅިގެން އަވާމީ ލީގުގެ މެންބަރުންނާއި އޭނާއަށް ތާޢީދު ކުރާ މީހުން ހަމަނުޖެހުން ހިންގާނެ ކަމަށް އޮތީ ބެލެވިފައެވެ. ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިޔުނަލުން ޙުކުމް ކޮށްފައިވާއިރު، އަމިއްލައަށް އަރުވައިލެއްވިގެން އޭނާ މި ވަގުތު ހުންނެވީ އިންޑިޔާގައެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކުރައްވައި ޙަސީނާ ނިއު ދެއްލީއަށް ވަޑައިގަންނަވާފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
ޙަސީނާއަ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގެވުން ހިމެނެއެވެ. އެ ކުށްތަކުގެ އަދަބެއްގެ ގޮތުން އުމުރު ދުވަހަށް އޭނާ ޖަލަށްލުމަށް ކޯޓުން ޙުކުމް ކުރިއެވެ. އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ތެދުވި ޒުވާނުންނާއި ދަރިވަރުން ހުއްޓުވުމަށް، ހަތިޔާރާއި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ. ޙަސީނާގެ ފަރާތުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި މި ޙުކުމް އިސްތިޢުފާނު ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
