
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމުގެ މަޤުޞަދުގައި ކުރައްވާ މުހިންމު ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢޫދު ވޮޝިންގްޓަނަށް ވަޑައިގަންނަވައިފިއެވެ. ވަލީއަޙުދު މުޙައްމަދުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން، ޚާއްޞަ ގޮތެއްގައި އޭއައި، ނިއުކްލިޔަަރ ހަކަތަ އަދި ދިފާޢީ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މިއީ، 2018ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެގެން ދިޔަ ފަހުން ވަލީއަޙުދު ސަލްމާން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ފަހަރު މަސްރަޙު ގޯސްވީ، ސަޢޫދީ ސަރުކާރާ ދެކޮޅު ނޫސްވެރިއަކު ތުރުކީވިލާތުގެ އިސްތަންބޫލުގައި މަރައިލި ހާދިސާއާ ގުޅިގެންނެވެ. އެއީ، ވަލީއަޙުދު މުޙައްމަދުގެ އަމުރުފުޅަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެމެރިކާއިން ކުރިން ތުހުމަތު ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ހަތް އަހަރަށް ފަހު ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ އެމެރިކާއާއި އެންމެ ގިނައިން ތެޔޮ އުފައްދާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއް އެކުލަވައިލުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިޔާދަ ކުރެވިފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އަދި، މިއީ ދެ ޤައުމުން ވެސް ކުރިމަގާއިގެން ކުރިއަށް ދިޔުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ކަމުގައި އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް މުހިންމު ދަތުރުފުޅެކެވެ. މޭ މަހުގެ ތެރޭގައި ޓްރަމްޕް ރިޔާޟަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު ވުނަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ނިންމާފައެވެ. ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅުގައި އެ އެއްބަސްވުން ތަންފީޒު ކުރުމަށް ޓްރަމްޕް ބާރު އަޅުއްވާނެއެވެ.
ވަލީއަޙުދު މުޙައްމަދު ވެސް އިސްކަން ދެއްވާނެ ޚާއްޞަ ދާއިރާތަކެއް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ހޯދުން ހިމެނެއެވެ. މީގެ އިތުރުން، އޭއައިގެ ދާއިރާ ކުރިއެރުވުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައި، އެމެރިކާގެ އެހީތެރިކަމާ އެކު ސަޢޫދީ ޢަރަބިއްޔާގައި މަދަނީ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ހިންގުމަށް އޭނާ އިސްކަން ދެއްވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދެއްވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަން ވެސް ޓްރަމްޕް ދާދިފަހުން ހާމަކުރައްވާފައިވެއެވެ. އެއީ، އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ، އަދި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެންމެ ފަހުގެ، ޒަމާނީ އަސްކަރީ މަތިންދާބޯޓެކެވެ. އެ ކުންފުންޏަށް ބޭރު ޤައުމަކަށް ހަތިޔާރު ވިއްކޭނީ އެމެރިކާ ސަރުކާރުގެ ހުއްދާ އެކުގައެވެ. ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅުގައި މި ކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
