
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންހެން ކުދިންނަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، ކަންކަމުގައި ކެރިގެން ފަސްނުޖެހި ކުރިމަތިލާ ބަޔަކަށް އަންހެން ކުދިންވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހިނގާލުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ވަނީ އަންހެން ކުދިންގެ އަޑު އެހެން މީހުންނަށް އިއްވުމަށްޓާ ބޭއްވޭ މިފަދަ މުހިންމު ހަރަކާތެއްގައި ގިނަ އަދަދެއްގެ އަންހެން ކުދިން ބައިވެރިވާކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ އަންހެން ކުދިންގެ މުހިންމުކަމާއި، އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަމާއި އަންހެން ކުދިން ލީޑްކުރާނީ ކިހިނެއްކަން އެކުދިންގެ ތަފާތު ޝުޢޫރުތަކުން ބުނެދޭ މުހިންމު ހަރަކާތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
“ތިޔަ ކުދިން މިއަދު ތި ހިނގާލާ ހިނގާލުމަކީ ބަޔަކަށް މެސެޖެއް ދިނުމަށްޓަކާ އަންހެން ކުދިންނަކީ ފަހަތުގައި ހަމައެކަނި އެހެން މީހުން މަގުދެއްކީމަ ހިނގަން ތިބި ބައެއްނޫންކަން ބުނެދޭން. އަންހެން ކުދިންނަކީ އެހެންމީހުންނަށް މަގު ދައްކައިގެން އެހެން މީހުން ގޮވައިގެން ހިނގާނެ ބައެއްކަން ދައްކަން.” ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، އަންހެން ކުދިން ކުޑައިރު ދައްކާ ލީޑަރޝިޕްގެ އަޑު، ދިރިއުޅުމުގެ ވަކި ހިސާބަކުން މަޑުވާކަމީ ހިތާމަކުރާކަމެއްކަމަށެވެ. އެހެންކަމުން އެކަން ބަދަލުކުރުމަށްޓަކާ ފަސްނުޖެހި ކުރިއަށް ނިކުންނާނެ ބަޔަކަށް ވުމަށް ހުރިހާ އަންހެން ކުދިންނަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. “ރާއްޖޭގެ ހުރިހާ އަންހެން ކުދިންނަށްވެސް އަޅުގަނޑު ގޮވާލަން ނިކުންނާށޭ، ކެރިގެން ހުރިހާ ކުދިންވެސް ނިކުންނާށޭ. ފަހަތަށް ނުޖެހޭށޭ. އަންހެން ކުއްޖަކަށްވީތީވެ ނިކުމެ އެހެންމީހުންނަށް ނަމޫނާއަކަށްވެ އެހެން މީހުން ލީޑްކުރާ ބައެއްގެ ގޮތުގައި. އަންހެންނަކަށްވީތީވެ ފަހަތަކަށް ނުޖެހޭނެކަން، އަންހެން ކުއްޖަކަށްވީތީ، އަންހެން ކުދިންގެވެސް އަޑު އެބަހުރިކަން، އަންހެން ކުދިންގެ ލީޑަރޝިޕްގައި ތަފާތުތައް ނައްތާލަންޖެހޭކަން. އެހެންވީމަ ނިކުމެ މިއަދު ތިޔަ ކުދިން ހިނގާލާ ފަދައިން ދިރިއުޅުމުގެ އެންމެ މައްޗަށްދާއިރުވެސް ތިޔަ ކުދިން ލީޑަރޝިޕް ދެއްކުމަށް.” ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ މިއަހަރުގެ ޝިއާރަށް އިޝާރަތް ކުރައްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، ގަރލް ގައިޑް ހަރަކާތަކީ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ހިންގޭ ހަރަކާތަކަށްވާއިރު ކާރިސާއެއް ނުވަތަ ޙާދިސާއެއް ދިމާވާ ހާލަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އެއްބަޔަކަށް ގައިޑުންވާނެކަމަށެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި އަންހެން ކުދިންގެ ޝުޢޫރުތަކުގެ ވާހަކަތަކާއި ހުރި ގޮންޖެހުންތަކުގެ ވާހަކަ ގައިޑުން އިސްވެ ނިކުމެ ދައްކާތީ އެކަމާ ވަރަށް އުފާކުރާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ ގައިޑުންނަކީ އަބަދުވެސް ކަންކަމުގައި ލީޑަރޝިޕް ދައްކާ ނަމޫނާ ބަޔަކަށްވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
