
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ގިނަ ދާއިރާތަކަކުން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބަޖެޓު ކޮމިޓީގައި މަޖިލިސް މެންބަރަކު ވަނީ، ރާއްޖޭގައި އެކި ދާއިރާތަކަށް ޚާއްސަކޮށް ޢިމާރަތްކުރުމުގެ ދާއިރާއަށް ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކޮށް އެކަން ޙައްލުކުރަން ކުރާ މަސައްކަތާ މެދު ސުވާލު އުފައްދަވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، އެކި ދާއިރާތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވަމުން އަންނަކަން ތަފާސް ހިސާބުތަކުންވެސް ފާހަގަވެފައިވާ ކަމަށެވެ. މުނައްވަރު ވިދާޅުވީ، މީގެކުރިން އެމްއެމްއޭއިން ތަޢާރަފްކުރި “އެމްއެމްއޭ ގެރެންޓީ” ލޯނު ސްކީމް އަލުން ތަޢާރަފްކުރުމާއެކު ލޯނު ލިބުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބޭނެ ކަމަށެވެ. އަދި އެ ލޯނު ސްކީމްގައި ބައެއް މައްސަލަތައް ހުރުމުން، އެކަންކަން ޙައްލުކޮށް މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. މީގެއިތުރުން މުނައްވަރު ވިދާޅުވީ، މި ލޯނު ސްކީމްގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާއަށާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.
“ބޭންކު ރިސްކް އެޕަޓައިޓް ނުވާތީ މީގައި މައްސަލަތަކެއް މިއުޅެނީ. އަޅުގަނޑުމެން ދަންނަވާނަން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދޭން.” މުނައްވަރު ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވަރުނަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ޔޫޒަބަލް ރިޒަރވް އިތުރު ކުރުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޔޫޒަބަލް ރިޒަރވް އިތުރުކުރެވިއްޖެނަމަ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހަމަ މަގަށް އަޅުވައި، ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ޙައްލު ކުރެވި، ޢާންމު ރޭޓަށް ޑޮލަރުގެ އަގު ދަށް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
