
(ފޮޓޯ ކްރެޑިޓްސް: އެންސްޕާ)
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ. މިކަމަށްޓަކައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އެންސްޕާގެ ބައެއް ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ދިގު އިންތިޒާރަކަށް ލިބިގެންދިޔަ ނިމުމެއްކަމަށެވެ. އެންސްޕާގެ ބައެއް ޚިދުމަތްތައް ވަން ގަވްގެ ތެރެއަށް އިންކޯޕަރޭޓްކުރެވި ވަން ގަވް މެދުވެރިކޮށް ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ހީނާ ވިދާޅުވިއެވެ.
މި ޚިދުމަތްތައް ދެމުން މިދަނީ ވަރަށް ވަލްނަރަބަލް ކޮމިއުނިޓީއަކަށް ފާހަގަކުރައްވައި ހީނާ ވިދާޅުވީ، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތެރަޕިއުޓިކް ފަރުވާއަށް ބޭނުންވާ ފަރާތްތަކާއި އެކި ކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ހިމެނޭކަމަށެވެ. އެ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އަވަސް ޚިދުމަތެއް ނުލިބުންކަމަށާއި، ނަމަވެސް ވަންގަވް މެދުވެރިކޮށް ޑިޖިޓަލްކޮށް އެންސްޕާގެ ޚިދުމަތްތައް ލިބިގެންދިއުމާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. “މިއީ ރައީސްގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޓްރާންސްޕޭރަންޓްކޮށް އެޕީޝިއަންޓްކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ކުރަމުންދާ ވަރަށް މުހިންމު ވަރަށް ބޮޑު މަސައްކަތެއް. މިއަދު 5 ޕްރޮގްރާމެއް އިފްތިތާހުކުރެވިގެން ދިޔަކަމުގައި ވިއަސް އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށްއޮތް ތަނުގައި މުޅި އެންސްޕާގެ ހުރިހައި ޚިދުމަތްތަކެއް މިއަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލްކުރުން.” ހީނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެންސްޕާ)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ، މިއަދު މިދިޔައީ ވަން ގަވްއަށް ސަރުކާރުގެ އިތުރު އިދާރާއެއް އިތުރުވެގެންކަމަށެވެ. ސަރުކާރުން ފައްޓަވާފައިވާ މޯލްޑިވްސް 2.0ގެ އިނީޝިއޭޓިވް އަދި ސަރުކާރުގެ ހުރިހައި އިދާރާތަކުން ވިޔަފާރިތަކާއި އަދި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ވަކިން ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއްކަމަށެވެ. ސައީދާ ވަނީ އެންސްޕާގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބުމަކީ ސީދާ ރައްޔިތު މީހާއާއި ހަމައަށް ޑިޖިޓަލައިޒޭޝަން އެ ފަސޭހަކަމާއެކު ވާސިލްވެވޭނެގޮތް ފަހިވެގެންދިއުންކަން ފާހަގަކުރައްވާފައެވެ.
“މި މަސައްކަތްޕުޅުގެ ތެރެއިން މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް އިސްކަމެއްދިން އެއްކަމަކީ މި ކުންފުނީގެ ފަރާތުން ސީދާ ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް މި ޕްލެޓްފޯމްއަށް ގެނައުމަށްޓަކައި މަސައްކަތް ކުރުން. އެހެންވީމަ މިއަހަރު އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ހޮވާލެވުނު އިދާރާތަކުގެ ތެރޭގައި އެންސްޕާ ހިމެނި އޭގެއިތުރުން ޓްރާންޕޯޓްކަހަލަ މިނިސްޓްރީތައް އަޅުގަނޑުމެން މީގެތެރޭގައި މި ހިމެނީ ރައްޔިތުންނަށް ސީދާކޮށް މިދޭ ޚިދުމަތްތައް މި ޕްލެޓްފޯމްއަށް ގެނައުމުގެ މަޤްސަދުގައި.” ސައީދާ ވިދާޅުވިއެވެ. އެންސްޕާއިން ވިދާޅުވީ ކުރިއަށްއޮތްތަނުގައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ފޯމް ޕްރޮސެސްކުރާނެ ގޮތުގެ މައުލޫމާތު ދޭނެކަމަށެވެ. އަދި މިހާރު ބައެއް ޚިދުމަތްތައް ވަންގަވްއަށް ބަދަލުވިނަމަވެސް ވަރަށް އަވަހަށް ހުރިހައި ޚިދުމަތްތަކެއް ވަންގަވް ޕްލެޓްފޯމްއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެންސްޕާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
