
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ޞުލްޙަ ބެލެހެއްޓުމުގެ ޙަރަކާތެއްގައި ބައިވެރިވުމަށް އިންޑޮނޭޝިޔާއިން 20،000 ސިފައިން ތަމްރީންކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަަަމަލާތައް ދެ އަހަރު ދުވަހަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ވަނީ ނިމުމަކަށް އައިސްފައެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފެށުމާއެކުގައެެވެ.
ހަނގުރާމައިގެ ޙާލަތު ނިމުމަކަށް އައިސްފައިވާއިރު ޣައްޒާގެ ޞުލްޙަ ބެލެހެއްޓުމުގެ މަޝްރޫޢުއެއް ފެށުމާ ގުޅޭގޮތުން އެމެރިކާއިން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިޔާއަކީ އެމެރިކާއިން މަޝްވަރާތައް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. އެ ޤައުމުގެ އިތުރުން އަޒަރުބައިޖާނާއި މިޞްރާއި ޤަޠަރާއެކު ވެސް މަޝްވަރާތައް ދަނީ ކުރަމުންނެވެ. ބައިނަލްއަޤްވާމީ ބައިވެރިވުމާއެކު ޣައްޒާގައި ޞުލްޙަ ބެލެހެއްޓުމުގެ ޙަރަކާތެއްް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ ޣައްޒާގައި ޙަރަކާތްތެރިވާ އަސްކަރީ ޖަމާއަތްތަކަށް ހަތިޔާރު ބެހެއްޓުމަށް އެހީތެރިވުމާއި ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަޙައްދީ ރޮނގުގެ ސަލާމަތީކަންކަން ވަރުގަދަ ކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުމާއި ފަލަސްޠީނުގެ ފުލުހުން ތަމްރީން ކުރުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭަގައި ބޭއްވި އދގެ ޢާންމު މަޖިލީހުގައި އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވަނީ އދން ޤަރާރެއް ފާސްކޮށްފި ނަމަ ޣައްޒާގެ ޞުލްޙަ ބެލެހެއްޓުމަށް 20،000 ސިފައިން ފޮނުވުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެ މަޝްރޫޢުގައި ބައިވެރިވުމަށް އދގެ ސަލާމަތީ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށް އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ސުގިއޯނޯ މިދިޔަ މަހުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ. އިންޑޮނޭޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޣައްޒާގައި ޞިއްޙަތާއި އިމާރާތްކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް އެ ޤައުމުން 20،000 ސިފައިން މިހާރު ތަމްރީނުކޮށްފައިވާ ކަމަށެވެ. އެ ޤައުމުގެ ދިފާޢީ ވަޒީރު، ޖައުފަރީ ޝަމްސުއްދީން ވިދާޅުވީ ސިފައިން ޣައްޒާއަށް ފޮނުވާނީ ކޮންއިރަކުން ކަމާއި ޢަދާކުރާނެ ދައުރާމެދު އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ޣައްޒާގައި ޞުލްޙަ ޤާއިމްކުރުމާ ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނެ އިރެއްގެ އިންތިޒާރުގައި އެ ޤައުމުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަމްސުއްދީން އިތުރަށް ވިދާޅުވީ ޢުރުދުންގެ އަބްދުالله ރަސްގެފާނު އެ ޤައުމަށް މިހާރު ޒިޔާރަތް ކުރައްވަމުންދާ ކަމަށާއި އެ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގައި ޞުލްޙަ ޤާއިމްކުރުމާ ބެހޭ ރޭވުމާ ގުޅޭގޮތުން ރައީސް ސުބިއަންތޯ އަބްދުالله ރަސްގެފާނާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
