
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބްނާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީން ފާރެއް ރާނާފައިވަނީ، ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަންނަ ގޮތަށް ކަމަށް އދއިން ބުނެފިއެވެ. ލުބްނާނާއި ޒަޔަނިސްޓު ދަޢުލަތް ވަކިކުރަން އދއިން އިސްވެ ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގަކީ ‘ ބްލޫ ލައިން’ގެ ނަން ދީފައިވާ ރޮނގެކެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިސް ތަރުޖަމާނު ސްޓެފަނީ ދުޖާރިކް ވިދާޅުވީ، އެ ސަރަޙައްދުގައި ޔަހޫދީން ރާނާފައިވާ ފާރު ލުބްނާންގެ 4،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަޙައްދަކަށް ވަދެފައިވާ ކަމަށާއި، އެ ފާރުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތުންނަށް އެ ސަރަޙައްދަށް ވަދެ ނުކުތުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުން ދީފައިވާ މަޢުލޫމާތާ ޙަވާލާ ދެއްވައި އޭނާ ވިދާޅުވީ، އެ ފާރު ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް އިތުރަށް ވަންނަ ގޮތަށް ފުޅާކުރުމުގެ މަސައްކަތް ވެސް ޔަހޫދީން ކުރަމުންދާ ކަމަށެވެ.
އެއީ ލުބްނާންގެ މިނިވަންކަމާއި އިސްތިޤުލާލަށް ހުރަސްއެޅޭ ކަމަކަށްވާތީ، ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަދެފައިވާ ފާރުގެ ބައި ތަޅާލަން، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ. އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
