
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއިން ފަލަސްޠީނުގެ 3،000 ފުލުހުން ތަމްރީންކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ވިލާތުގެ ޤައުމުގެތަކުގެ އިއްތިޙާދު، އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރަން ތައްޔާރުވެއްޖެއެވެ. އެކަމަށް ތައްޔާރުކޮށްފައިވާ ކަރުދާހަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އަންނަ ހަފްތާގައި އޮންނަ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ފަލަސްޠީނުގެ 3،000 ފުލުހުންގެ ތަމްރީން އީޔޫން ފޯރުކޮށްދޭން މަޝްވަރާކުރަނީ، ޣައްޒާގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަރަކާތްތެރިވުމަށް ތައްޔާރުކޮށްދިނުމަށެވެ. ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓުމުގެ ބާރު، ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އަތްމައްޗަށް ދޫކޮށްލުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ސުލްޙައިގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައީ އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަކަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކުގައެވެ. ރޮއިޓަރސްއިން ބުނީ، އީޔޫން މަޝްވަރާކުރަމުންދާ ކަރުދާހުގައި ވަނީ ފުލުހުން ތަމްރީން ކުރުމާއި ޝަރުޢީ ދާއިރާ އިސްލާޙުކުރުމަށް އީޔޫގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން، 3،000 ފުލުހުން ތަމްރީން ކުރުމަށްފަހު، މައިގަނޑު އަމާޒަކީ ޕީއޭގެ ދަށުގައި ހަރަކާތްތެރިވާނެ 13،000 ފުލުހުންގެ ފައުޖެއް އީޔޫން ތަމްރީންކޮށްދިނުމެވެ.
މީގެއިތުރުން، ޣައްޒާއަށް ވަންނަ މަގުތަކުގައި ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓުތަކާއި ސަރަޙައްދީ ރޮނގުތައް ބެލެހެއްޓުމުގައި ވެސް އީޔޫގެ ދައުރު ފުޅާކުރުމަށް އެ ކަރުދާހުގައި ހިމަނާފައިވާކަމަށް ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
