
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ކުންފުންޏަކުން އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ސަޢޫދީ ޢަރަބިއްޔާއަށް ވިއްކެވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. އެފް-35އަކީ ލޮކްހީޑް މާޓިން ކުންުފުނިން އުފައްދާ އަސްކަރީ މަތިންދާބޯޓެކެވެ. ބޭރު އެއްވެސް ޤައުމަކަށް މި ފަދަ ހަތިޔާރެއް ވިއްކޭނީ އެމެރިކާ ސަރުކާރުގެ ހުއްދައާ އެކުގައެވެ. “އެ މީހުން [ސަޢޫދީ ޢަރަބިއްޔާއިން] ވަރަށް ގިނަ އަދަދެއްގެ ޖެޓު [އަސްކަރީ މަތިންދާބޯޓު] ގަންނަން ބޭނުންވޭ. އަޅުގަނޑު މި ދަނީ އެ ކަން [އެއްބަސްވުން] ބަލަމުން. އެ ކަން ބަލައިދިނުމަށް އަޅުގަނޑު ގާތު އެ މީހުން އޮތީ އެދިފައި. އެ މީހުން ބޭނުން ވަނީ އެފް-35 ގަންނަން، އަދި އެއަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ގަންނަން ވެސް އެ މީހުން ބޭނުންވޭ،” ޓްރަމްޕް ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ މަތިންދާބޯޓު ވިއްކެވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަން ޓްރަމްޕް ހާމަ ކުރައްވާފައި މި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢޫދު އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ވަލީއަޙުދު މުޙައްމަދު ވޮޝިންގްޓަނަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ އަންނަ ހަފުތާގައެވެ. ދަތުރުފުޅުގައި އޭނާ ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އިޤުތީޞާދީ އަދި ދިފާޢީ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއް ސޮއި ކުރެވިގެން ދާނެއެވެ.
ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެއީ ހަމައެކަނި ބާއްވައިލާ ބައްދަލުވުމެއް ނޫން ކަމަށާއި، ވަލީއަޙުދު މުޙައްމަދުގެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ އަގު ވަޒަންކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ ހަަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ވީ އެންމެ އަވަހަކަށް އިބްރާހީމް މުޢާހަދާއާ ގުޅުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އެއީ، ޓްރަމްޕް އަޑީގައި ހުންނަވައި، ޢަރަބި އަދި އިސްލާމީ ޤައުމުތަކާއި ޔަހޫދީންގެ ދައުލަތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރުމަށް އެކުލަވައިލާފައިވާ މުޢާހަދާއެކެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ޔަހޫދީންނާއި އެމެރިކާއިން ހުރަސް އަޅަމުންދާތީ، ސަޢޫދީ ޢަރަބިއްޔާއިން ދަނީ ޔަހޫދީންނާ ގުޅުން ޤާއިމު ކުރުމަށް އިންކާރު ކުރަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކެވުމަށް ޓްރަމްޕް ވިސްނަވަމުން ގެންދަވާއިރު، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަން ވަނީ ހާމަވެފައެވެ. ޕެންޓެގަންގެ ޖާސޫސީ ރިޕޯޓަކާ ޚަވާލާދީ އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއު ޔޯކް ޓައިމްސުން ބުނީ، އެމެރިކާއިން އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ސަޢޫދީ ޢަރަބިއްޔާއަށް ވިއްކައިފި ނަމަ، އެ މަތިންދާބޯޓުތަކާއި އޭގައި ބޭނުން ކޮށްފައިވާ ޓެކްނޮލޮޖީގެ އާލާތްތައް ދިރާސާ ކުރުމުގެ ފުރުޞަތު ޗަައިނާއަށް ލިބިގެންދާނެ ކަމަށް ޕެންޓެގަނުން ޤަބޫލު ކުރާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
