
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި “ދިވެހީންރާއްޖެ” ޖަލްސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ އެއްވުމެއް ކަމަށްވާއިރު، އާޓިފިޝަލް ބީޗާއި އޭގެ ވަށައިގެންވާ މަގުތައްވެސް އެއްކޮށް ފުރާލައިފައިވިއެވެ. މި ޖަލްސާއިން ޕީއެންސީއަށް އޮތް ސިޔާސީ ބޮޑު ތާއީދު ފެނިގެން ދިޔައިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައްކަވާފައިވަނީ ސިޔާސީ އެހެން ލީޑަރުންގެ އާދައާ ޚިލާފު ތަހުޒީބީ މިސާލެކެވެ. އެމަނިކުފާނު ވާދަވެރިންނަށް ބަހުގެ ހަމަލާދީ، ފުރައްސާރަކޮށް، ނުވަތަ ބިރުދެއްކުމުގެ ބަދަލުގައި، ސިޔާސީ ބަދަލު ނުހިފާނެ ކަމަށް ވިދާޅުވެ، ގައުމީ އެއްބައިވަންތަކަމާއި ހަމަޖެހުމަށް އިސްކަންދެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ހުރީ ދިވެހީންގެ ކުރިއެރުމާއި ފާގަތިކަމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ކާމިޔާބީތަކުގެ މައްޗަށް ބިނާވެފައިއެވެ. ޖަލްސާއަށްފަހުވެސް ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ބޭނުންތައް އައްސަވާލެއްވިއެވެ. ރައީސް މުއިއްޒުއަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށްފަހު ސިޔާސީ ބަދަލުހިފުމުގެ އާދަ ނިމުމަކަށް ގެނެސް، ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށްޓަކައި އިޚްލާސްތެރިކަމާއެކު ކުރައްވާ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދެއްވާކަން މި ޖަލްސާގެ ބޮޑުކަމުން ހާމަވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
