
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ފުރިހަމަ ގައުމެއް ބިނާކުރެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ބަޖެޓެއްކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ‘ދިވެހީންގެ ރާއްޖެ’ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މި ސަރުކާރުން ހުށަހަޅާ ބަޖެޓްތަކާއި މީގެކުރިން ހުށަހެޅި ބަޖެޓުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ވެރިއަކަށް ނުކުރެވުނު ކަމެއް މިދިޔަ 1 އަހަރާއި 1 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާފައިވާކަމަށާއި އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތްކުރެއްވުންކަމަށެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވައި، ކައުންސިލްތަކާއި ސްކޫލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެމަނިކުފާނު ބައްދަލުކުރެއްވިކަމަށާއި، އަދި ބަޖެޓް ސަރުކާރުން ތައްޔާރުކުރެއްވީ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ބެއްލެވުމަށްފަހުކަން ފަލާހު ވިދާޅުވިއެވެ. “އެ ބަޖެޓްގައި އޮތީ ވަރަށް ފުރިހަމަ ގައުމެއް ބިނާކުރެވޭނެ ގޮތައް ދައުލަތުގެ ބަޖެޓް ބައްޓަންކޮށްފައި. އެމަނިކުފާނުގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓް މި ފާސްކުރަނީ ޕްރޮގްރާމް ބަޖެޓެއް. ޕްރޮގްރާމް ބަޖެޓެއް ކުރިއަށްއޮތް ތާންގައި ދުވަހެއްގެ ކޮޅުން އެހެން ވެރިއަކަށް ދެން ވެރިކަން ލިބުނަސް ފާސްކުރައްވަން ފައްޓަވާނެ. އެއީ މިގޮތައް ބަޖެޓް ހެދުމުގައި ރައްޔިތުންނަށް ވަރަށް މުހިންމު ކަންތައްތަކެއް ވަރަށް މުހިންމު ފިޔަވަޅުތަކެއް ވަރަށް މުހިންމު ގޮތްތަކަކަށް ކުރެވެން ފުރުސަތު ލިބިގެންދާތީ.” ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ބަޖެޓްގައި ކަންކަން ލިޔެވިފައި އޮތްނަމަވެސް އަހަރު ނިމޭއިރުވެސް ގިނަ ކަންކަން ހުންނަނީ ނުފަށާކަމަށެވެ. ނަމަވެސް މި ސަރުކާރުން ފާސްކުރާ ބަޖެޓަކީ ޕްރޮގްރާމް ކުރެވި އެކަންކަން ކޮށްދޭނެ ބަޖެޓެއްކަމަށް ފަލާހު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
