
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފިސް)
ދިވެހިރާއްޖޭގެ އިޤްތިޞާދު ގުޅިފައި އޮތީ ޤައުމަށް ވަންނަ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދުތަކާއި ދަރަންޏާއެވެ. މިއިން އެއްވެސް ކަމެއް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ނުދާ ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދަށް އަވަސް ފަރުވާ ބޭނުންވެފައިވާ ކަމަށެވެ. ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް އަޅަން ޖެހުނު ފުރަތަމަ ފިޔަވަޅުވެސް އަޅަން ޖެހުނީ، ބޮޑެތި އިހުމާލުތަކެއްވެފައިވާ މާލީ ނިޒާމު ހަރުދަނާ ކުރުމަށެވެ. މާލީ ވުޒާރާގެ ރެކޯޑުތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ބެލެހެއްޓިފައި ވުމުގެ ސަބަބުން 2 ބިލިޔަން ރުފިޔާ ރެކޯޑު ނުކޮށް ޚަރަދު ކުރެވިފައިވާ ކަމަށް ދައްކައެވެ. މިފަދަ ގިނަ މައްސަލަތަކަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހައްލުތައް ސަރުކާރުން ވަނީ ގެނެސްފައެވެ.
މީގެ 12 ވަރަކަށް އަހަރުކުރިން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނެއް ތަޢާރަފްކޮށް ޢަމަލުކުރަމުން ދިޔަ ނަމަވެސް ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރީ އެ ޤާނޫނަށް ޢަމަލުކުރުން ހުއްޓުވައިގެންނެވެ. ސަރުކާރުން ވަނީ އެ ޤާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ އައު ޤާނޫނެއް ތަޢާރަފްކޮށްފައެވެ. އަދި ޤާނޫނުގައި ހުރި ކަންކަން އިސްތިސްނާ ކުރެވޭނެ ހާލަތްތައްވެސް އައު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިއީ ދައުލަތުގެ މާލީއްޔާ ބެލެހެއްޓުމަށް ހަރުދަނާ އަދި ޒަމާނީ އުސޫލްތަކެއް ގެނައުމަށް ފާސްކުރި ޤާނޫނެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ޤާނޫނު ތަޢާރަފްވުމުގެ ކުރިންވެސް ދައުލަތުގެ ޚަރަދުތައް ސަރުކާރުން ބަލަހައްޓަމުން ދިޔައީ، މުހިންމު ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން، ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކޮށްފައިވެއެވެ. ޓެކްސް ޤާނޫނަށް ގެނެވުނު އިސްލާހުތަކަށް މިއަހަރު ޖުލައި މަހު ޢަމަލުކުރަން ފެށުނުއިރު، މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައެވެ. ޚަރަދުތައް ކުޑަކޮށްފައިވާކަން ދައުލަތު އާމްދަނީ އާއި ޚަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ސާބިތުވެއެވެ. މިވޭތުވެދިޔަ 40 ހަފުތާ ހިންގާފައިވަނީ އަރަނިކޮށެވެ. މިއީ ސަރުކާރަށް ހާސިލްކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މާލީ ދައިރާއިން ގެނެވުނު ބަދަލުތަކާއެކު މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ނިންމައި ރައްޔިތުންނަށް މާލީ ބަރުވެރިކަން ފޯރުކޮށްދިނީވެސް މިއަހަރުގެ ތެރޭގައެވެ. މީގެ ކުރިން އަސާސީ ބޭންކިން ޚިދުމަތްތައް ހޯދުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ހުއްޓިގެންދާނެ ފަދަ މުހިންމު މަޝްރޫޢެކެވެ. މިކަންކަމާއެކު ސަރުކާރުން އަވަސްވެގަތީ، އިޤްތިޞާދު ސިންދަފާތުކުރަން އައު މަސައްކަތްތައް ފެށުމަށެވެ. ރާއްޖެއަށް މީގެ ކުރިން އެތެރެނުކުރާ ތެލެއް ކަމަށްވާ ވީއެލްއެެސްއެފްއޯ އެތެރެކޮށް ބަންކަރި ޚިދުމަތް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުން 150 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ ކާމިބީ އިޤްތިޞާދުގެ ތެރެއިން ފެށިގެން ދިޔަ އައު މަސައްކަތެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ތަސްދީޤު ކުރެއްވި އެސްއީޒެޑް ޤާނޫނަކީ، އިޤްތިޞާދުގެ މިސްރާބު ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިންމު ބައެކެވެ. މަދުވެގެން 500 މިލިޔަން ޑޮލަރު އިންވެސްޓް ކުރާ ސަސްޓައިނަބަލް ޓައުންޝިޕް މަޝްރޫޢުތަކަކީ ދެމެހެއްޓެނިކަމަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މިއާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ރެޒިޑެންޓް ވިސާ ނިޒާމެއް ތަޢާރަފްކުރުމަށް ސަރުކާރުން ދަނީ މަަސައްކަތް ކުކުރަމުންނެވެ.
އަމިއްލަ ފަރާތްތަކަށް 206 މަޝްރޫޢުއެއް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރިނަމަ، އެވަރަށް ގިނަ މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލު ކުރުމަށް އިޤްތިޞާދުގައި ބުންވަރު ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ. މިކަންކަމުން ދައްކުވައިދޭ އެއް ހަޤީޤަތަކީ އިންތިހާއަށް ގޯސްވެފައިވާ އިޤްތިޞާދީ ހާލަތަކުންވެސް އަރައިގަނެވޭނެ ކަމެވެ. ސަރުކާރުން އިޤްތިޞާދު ހަރުދަނާ ކުރުމަށް މި ވޭތުވެ ދިޔަ 2 އަހަރު މުހިންމު ފިޔަވަޅުތަކެއް އަޅައިފިކަމެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
