
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައުމާއެކު، ޣައްޒާގެ އިދާރީ ހިންގުމުގެ ކަންކަން އެ ސަހަރުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހަރުދަނާކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައީ އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަކަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކުގައެވެ. އެ އެއްބަސްވުމާއެކު ޙަމާސުން ވަނީ ޣައްޒާގެ ހިންގުން ހަރުދަނާ ކުރުމަށް އައު މަސައްކަތްތައް ފަށައިފައެވެ. އެ ގޮތުން ޔަހޫދީ ސިފައިން ފައިބާފައިވާ ސަރަޙައްދުތަކުގައި ޙަމާސްގެ ބާރު އަލުން ޤާއިމްކޮށް، ޔަހޫދީންނަށް ޖާސޫސްކޮށްދީ ޤައުމަށް ޚިޔާނާތްތެރިވި ފަލަސްޠީނުގެ ރައްޔިތުންނާއި ވައްކަމާއި އެހެން ކުށްތައް ކުރަމުންދިޔަ މީހުން ހޯދައި ޙަމާސުން ދިޔައީ އެ ފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ވެސް އެ ސަަހަރުގެ ހިންގުމުގައި ޙަމާސްގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ދަނީ ފާހަގަކުރަމުންނެވެ. އެ ގޮތުން ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް ވައްދާ ތަކެތި ފާސްކުރުމާއި، އަމިއްލަ ގޮތުން އެތެރެކުރާ ތެލާއި ސިނގިރޭޓު ފަދަ ބައެއް މުދަލުން ތަފާތު ފީތައް ނެގުމާއި ތަކެތީގެ އަގު މާ ބޮޑުކޮށް ވިއްކާ ވިޔަފާރިވެރިން ޖޫރިމަނާކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޣައްޒާގެ ހިންގުމުގައި ޙަމާސްގެ ދައުރު އަލުން ވަރުގަދަކުރަމުންދާއިރު، ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތަށް ޙަމާސުން ހަތިޔާރު ބަހައްޓައި އެ ސަހަރުގެ ހިންގުން އެހެން ބައެއްގެ މައްޗަށް ދޫކޮށްލާނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުގެ އިސްވެރިޔާ، އިސްމާޢީލް އައްޘަވާބާ ވިދާޅުވީ އިދާރާތަކުން ކުރަމުންދާ މަސައްކަތަކީ ވަގުތުން ވަގުތަށް ބޭނުންވާ އިންސާނީ އަދި އިދާރީ މަަސައްކަތްތައް ކަމަށެވެ. އަދި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިނގިރޭޓާއި ތެލުން ޓެކްސްނަގާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޘަވާބާ ވިދާޅުވީ. ޣައްޒާގެ ހިންގާނީ ކޮން ފަރާތަކުންކަން ކަނޑައެޅުމުން އެ ސަހަރުގެ ހިންގުން އެ ބަޔަކަށް ދޫކޮށްލުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމަށާއި އެ ޖަމާޢަތުން ބޭނުންވަނީ ޣައްޒާގައި ހަމަނުޖެހުން ނުއުފެދޭނެ ގޮތަކަށް ކަންތައްތައް ކުރަން ކަމަށެވެ. ޙާމާސުން ބޭނުންވަނީ ސަރުކާރު ބަދަލުކުރުމުގެ އިންތިގާލީ މަރުޙަލާ ވީހާ ވެސް އޮމާންކޮށް ކުރިއަށް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާ މޯލްގެ ވެރިޔާ، ހާތިމް އަބޫ ދަލާލް ބުނީ ތަކެތީގެ އަގު ބޮޑު އުފުލެނީ ބޭނުންވާ މިންވަރަށް ޣައްޒާއަށް ސާމާނު އެތެރެނުވާތީ ކަމަށެވެ. ސަރުކާރުގެ މަންދޫބުން އިޤްތިޞާދު އަލުން ތަރުތީބު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކަންކަން ގާތުން ބަލައި ތަކެތި ފާސްކޮށް އަގު ކަނޑައަޅަމުންދާ ކަމަށް އޭނާ ފާހަގަކުރިއެެވެ. ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ތަކެތީގެ އަގު އަބަދުހެން ބަދަލުވަމުންދާ ކަމަށް ޣައްޒާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޚަލީފާ ބުނެއެވެ. ޣައްޒާގެ ރައްޔިތުންނަށް އާމްދަނީއެއް ނުލިބޭއިރު ދިރިއުޅުމުގެ ޙާލަތު ވަރަށް ގޯސް ކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތީ ފިނި މޫސުން ކަމަށްވާއިރު ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.
ހަނގުރާމައިގެ ކުރިން ޙަމާސްގެ ސަރުކާރުގައި 50،000އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން ދިޔައެވެ. އައްޘަވާބާ ވިދާޅުވީ ހަނގުރާމައިގައި އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަަށެވެ. ހަނގުރާމައިގައި ސަލާމަތްވި މީހުން ސަރުކާރާއެކު މަސައްކަތް ކުރަމުން ދިޔުމަށް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ހަނގުރާމައިގެ ދުވަސްވަރު ވެސް ޙަމާސުން ދިޔައީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެމުންނެވެ. ނަމަވެސް އެންމެ ބޮޑެތި މުސާރަ ލިބެމުންދިޔަ މުވައްޒަފުންގެ މުސާރަ ވަނީ މަހަކު 1،500 ޝެކެލް ނުވަތަ 470 އެމެރިކާ ޑޮލަރަށް ކުޑަކޮށްފައެވެ. ޣައްޒާގެ އައު ސަރުކާރު އެކުލަވައިލާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ހުށަހެޅުން އދން ފާސްކުރުމުން ކަމަަށް އެެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
