
(ފޮޓޯ ކްރެޑިޓްސް: އޭފްއެފްޕީ)
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މައްޗަށް އުފުލާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ދައުވާތަކާ ގުޅިގެން އަންނަ ހޯމަ ދުވަހު ޙުކުމް އިއްވަން ތައްޔާރުވެފައިވާއިރު، މުޅި ބަންގްލަދޭޝްގައި ވަނީ ނުތަނަވަސްކަމުގެ މާޙައުލެއް އުފެދިފައެވެ.އެ ޙުކުމާ ދިމާކޮށް، ފާއިތުވި ދުވަސްތަކުގައި ބަންގްލަދޭޝްގައި ވަނީ ސިޔާސީ ހަނަނުޖެހުންތައް ވެސް ހިނގައިފައެވެ. މިގޮތުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މައި ވައިގެ ބަނދަރުގެ ކައިރީގައި ދެ ބޮމެއް ވަނީ ގޮއްވާލައިފައެވެ. ބޮމުގެ މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިނުވިނަމަވެސް، އެކަމާ ގުޅިގެން ބަންގްލަދޭޝްގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމުގެ މާޙައުލު ވަނީ އިތުރަށް ގޯސްވެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު އެކަނިވެސް، 30 އަށް ވުރެ ގިނަ ބޮމުގެ ޙަމަލާ ބަންގްލަދޭޝްގެ އެކި ހިސާބުތަކަށް އަމާޒުކޮށް ވަނީ ދީފައެވެ. ބޮމުގެ ޙަމަލާތަކުގެ އިތުރުން، ވެހިކަލްތަކާއި ބައެއް އިމާރާތްތަކުގައި ހުޅުޖަހައި، އާންމުންގެ މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން، 400އަށް ވުރެ ގިނަ ސިފައިން ނެރެ، މަގުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން ޙަސީނާގެ އަވާމީ ލީގް ޕާޓީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން އެ ޤައުމުގެ ދަރިވަރުން ނިކުމެ ވައްޓައިލި ފަހުން އެ ޤައުމު ހިންގަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ. 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.
އޮގަސްޓްމަހު ކުރި މުޒާހަރާތައް ހުއްޓުވަން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގެވިކަމަށް ތުހުމަތުކޮށް، އެ ދައުވާތައް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޙަސީނާގެ ޣައިރު ހާޒިރުގައެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
