
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޕާކިސްތާންގެ ދެ ސަރަޙައްދެއްގައި މި ހަފްތާގެ ތެރޭގައި ބޮމުގެ ޙަމަލާދީފައިވަނީ އަފްޣާނިސްތާނަށް ނިސްބަތްވާ މީހުންކަމަށް ސަރުކާރުން ބުނެފިއެވެ. ޖާނުންފިދާވެގެން މި ޙަމަލާތައް އަމާޒުކޮށްފައިވަނީ، ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ދަށު ކޯޓުތައް ހިންގާ އިމާރާތެއްގެ އިތުރުން، އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހިންގާ އަސްކަރިއްޔާއިން ހިންގާ ސްކޫލަކަށެވެ. މި ޙަމަލާތަކުގައި އަފްޣާނިސްތާންގެ ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ، ޕާކިސްތާންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި، ޕާކިސްތާންގެ ދާޚިލީ ވަޒީރު މުޙްސިން ނަޣްވީ ވަނީ ސިފަކުރައްވައިފައެވެ. އެއާއެކު އޭނާ ވަނީ، އަފްޣާނިސްތާންގައި މިހާރު ވެރިކަންކުރަމުންދާ ޠާލިބާންގެ ސަރުކާރުން، ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރިވާކަމުގެ ތުހުމަތު ތަކުރާރުކުރައްވައިފައެވެ. އިސްލާމްއާބާދުގައި ހުންނަ ކޯޓު އިމާރާތެއްގެ ކައިރީގައި މިދިޔަ އަންގާރަ ދުވަހު ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި 12 މީހުން މަރުވެ އިތުރު 27 މީހުން ޒަޚަމްވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ޙަމަލާދީފައިވަނީ، ޕާކިސްތާންގެ އިރުހުޅަނގުގެ ސަރަޙައްދުގައި ހުންނަ އަސްކަރީ ސްކޫލަކަށް ހަތިޔާރާއެކު ބަޔަކު ވަދެ، ބޮމެއް ގޮއްވާލިތާ މަޑު ގަޑިއިރުތަކެއް ފަހުންނެވެ. އެ ޙަމަލާގައި ތިން މީހުން ވަނީ މަރުވެފައެވެ. ބޮން ގޮއްވައިލުމަށްފަހު، ހަތިޔާރާއެކު އެ ސްކޫލްތަކުގެ ތެރެއަށް ވަދެގަތް މީހުންނާއި އަސްކަރިއްޔާއާ ދެމެދު 24 ގަޑިއިރުގެ ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. ސްކޫލް ތެރެއަށް ވަދެގަތް އެންމެން، އެ ކުރިމަތިލުންތަކުގައި ވަނީ މަރާލައިފައެވެ. މި ޙަމަލާތައް ދީފައިވަނީ، ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ނުތަނަވަސްކަން ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު ކުރީކޮޅު ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ.
ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރާއިރު، އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ކާބުލަށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޠާލިބާނުން ތުހުމަތު ކުރެއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބައްދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު، އޮކްޓޫބަރު 19ވަނަ ދުވަހުއެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އެންމެފަހުން މި ހަފްތާގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި، ހުއްޓުމަކަށް އައިސްފައިވާކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
