
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފިނިހޫނުމިން އުފުލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ބައި މިލިޔަނަށް ވުރެ ގިނަ މީހުން މަރުވާ ކަން ދިރާސާއަކުން ހާމަވުމާ އެކު، އެ އަދަދު މަދުކުރެވޭނެ ގޮތްތައް ދިރާސާ ކުރުމަަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެހީދޭ ޖަމުޢިއްޔާތަކުން ތެދުވެއްޖެއެވެ. މި ގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ނުރައްކާތައް ދެނެގަނެ، އެ ކަން ކޮންޓުރޯލު ކުރުމަށް 300 އެމެރިކާ ޑޮލަރުގެ ފަންޑެއް އެކުލަވައިލުމަށް އެހީދޭ ޖަމުޢިއްޔާތަކުން ވަނީ ނިންމައި، އިޢުލާނު ކޮށްފައެވެ. އެ ފަންޑު އެކުލަވައިލައި، އެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ އިންސާނުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވެދޭ މަހުޖަނުންނާއި އެ މީހުންގެ ކުންފުނިތަކުގެ ދަށުން ހިންގާ ފައުންޑޭޝަންތައް ނުވަތަ އެހީދޭ ޖަމުޢިއްޔާތަކުންނެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ މިހާރު ބްރެޒިލްގައި ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ 30ވަނަ ބައްދަލުވުން (ކޮޕް30) ސަމިޓުގައެވެ.
ސައިންޓިފިކް ދިރާސާތައް ޝާއިޢު ކުރާ ދި ލާންސެޓް މަޖައްލާގައި އޮކްޓޫބަރު މަހު ޝާއިޢު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ، ފިނިހޫނުމިން އުފުލުމާ ގުޅިގެން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގައި އެވުރެޖުކޮށް ކޮންމެ އަހަރު 550,000އަށްވުރެ ގިނަ މީހުން މަރުވާ ކަމުގައެވެ. އަދި، ކޮންމެ އަހަރަކު އެ އަދަދު އުފުލެމުންދާ ކަމުގައެވެ. މީގެ އިތުރުން، ވައި ތަޣައްޔަރުވުމާ ގުޅިގެން ކޮންމެ އަހަރަކު އެވުރެޖުކޮށް އިތުރު 150,000އެއްހާ މީހުން ފުރާނަ ގެއްލޭ ކަމުގައި ވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ލާންސެޓުގައި ޝާއިޢު ކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ، ވައި ތަޣައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވަނީ ޤައުމުތަކުގެ ޖަންގަލިތަކުގައި ކޮންމެ އަހަރު ވެސް ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކަމުގައެވެ. އަދި، ހަކަތަ އުފެއްދުމަށް ތެޔޮ އެންދުން އިތުރުވެފައިވާތީ ކަމުގައެވެ. މީގެ އިތުރުން، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށާއި، 1950ގެ އަހަރުތަކާ އަޅައިބަލާއިރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު %49 އިތުރުވެފައިވާ ކަމުގައި ވެސް ސައިންސްވެރިންގެ ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.
މި ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ކޮންޓުރޯލު ކުރުމަށް ކޮޕް30 ސަމިޓުގައި އިޢުލާނު ކޮށްފައިވާ 300 މިލިޔަން އެމެރިކާގެ ޑޮލަރުގެ ފަންޑުގެ ބޮޑު އިންސައްތައެއް ހޭދަކުރުމަށް ނިންމާފައި ވަނީ ދިރާސާއަށާއި، ފިނިހޫނުމިން އުފުލުން، ވައި ވަޣައްޔަރުވުން އަދި ގައިންގަޔަށް އަރާ ބަލިތައް ކޮންޓުރޯލު ކުރުމުގެ ދާއިރާއަށް ވުނަކުރުމަށެވެ. ފަންޑަށް ފައިސާގެ އެހީ ދޭނެ ކަމުގައި އިޢުލާނު ކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި ރޮކަރފެލަރ ފައުންޑޭޝަން، ގޭޓްސް ފައުންޑޭޝަން، ބްލޫމްބަރގް ފިލެންތުރޮޕީސް އަދި އައިކީއާ ފައުންޑޭޝަން ފާހަގަ ކޮށްލެވެއެވެ.”އަޅުގަނޑުމެންނަކީ އިންސާނިއްޔަތަށް ޓަކައި ހޭދަކުރާ ބަޔެއް. ނެތެމުންދާ ނިޒާމެއްގައި އޮތް ބާގަނޑުތަކެއް ބައްދަން ޚަރަދު ކޮށްކޮށް ތިބުމަކީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫން. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، އިންސާނިއްޔަތަށް ޓަކައި ޖަމާކުރެވޭ ފައިސާ ބޭނުން ކޮށްގެން އައު އީޖާދީ ގޮތްތަކެއް ހޯދައި، ކުރިއަރުވަން ގުޅިގެން މަސައްކަތް ކުރުން،” ރޮކަރފެލަރ ފައުންޑޭޝަންގެ އިސް އޮފިޝަލެއް ކަމުގައިވާ އެސްޓެލް ވިލީ ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކުރާ ނުރައްކާތައް ދެނެގަނެ، އެ ކަންކަން ކޮންޓުރޯލު ކުރުމަށް ޤައުމުތަކުގައި އަމަލު ކުރަމުންދާ ސިޔާސަތުތައް އެއްހަމަކޮށް، ތަންފީޒު ކުރުން ހަރުދަނާކޮށް، ބެލެހެއްޓުމަށް ބްރެޒިލުން ވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އަދި، އެ ކަން ކުރުމަށް ބްރެޒިލުން އިސްނަގައިގެން ވަނީ ބެލެމް ހެލްތު އެކްޝަން ޕްލޭންގެ ނަމުގައި އައު ޕުރޮގުރާމެއް އިފުތިތާހު ކޮށްފައެެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
