
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގު ބައްޓަން ކުރެވިދާނެ ގޮތްތައް ބަޔާންކޮށް، ރަޝިޔާއިން ވެސް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ. ޣައްޒާގެ ކުރިމަގާ ގުޅޭ ގޮތުން ރަޝިޔާއިން ޤަރާރެއް ހުށަހަޅާފައި މި ވަނީ، އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ ހުށަހެޅުމަކީ ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ޤަރާރެއްގެ ގޮތުގައި ސިފަކުރެވެއެވެ. ޣައްޒާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި، އެ ޤަރާރު ފާސް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ މަޖިލީހަށް ބާރު އަޅަމުންނެވެ. އެމެރިކާގެ ހުށަހެޅުމަށް މެދުއިރުމަތީގެ ބާރުތަކުން ތާޢީދު ކުރާ ކަމުގައި ވޮޝިންގްޓަނުން ދަނީ ބުނަމުންނެވެ.
އެމެރިކާގެ ޤަރާރުގައި ހުށަހަޅާފައި އޮތީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ނިޒާމެއް ޤާއިމު ކުރުމަށެވެ. އަދި، އަމަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް ފޮނުވުމަށެވެ. އަދި، ޣައްޒާއާ ގުޅޭ ހުރިހާ ނިންމުމެއް ނިންމާނީ ޓްރަމްޕް އެކުލަވައިލައްވާ “ސުލްޙައިގެ ބޯޑަކުން” ކަމަށް ވެސް އެމެރިކާގެ ޤަރާރުގައި ހުށަހަޅާފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާގެ 68,000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައެވެ. އެ ޖަރީމާތައް ޔަހޫދީން ހިންގާފައި ވަނީ އެމެރިކާގެ ފުރިހަމަ ތާޢީދާއި އެއްބާރުލުމާ އެކުގައެވެ. އަދި، އަސްކަރީ އެހީތެރިކަމާ އެކު، އެމެރިކާއިން މެދުކެނޑުމެއް ނެތި ފޮނުވަމުން ދިޔަ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ. ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ލާއިންސާނީ އަނިޔާތައްދީ، އެ މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގާފައި ވަނީ އެމެރިކާގެ ސަރުކާރަށް އެނގިގެންނެވެ.
ޣައްޒާގެ ކުރިމަގާ ގުޅޭ ޤަރާރެއް އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަމުން ރަޝިޔާއިން ބުނީ، އެއީ އެމެރިކާގެ ހުށަހެޅުން އަސްލަކަށް ބަލައިގެން އެކުލަވައިލާފައިވާ އައު ހުށަހެޅުމެއް ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ ޤަރާރުގައި އިސްކަން ދީފައިވާނީ އެންމެންނަށް އެއްބަސްވެވޭ ފަދަ ހަމަހަމަ، އަދި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ސިޔާސަތުތަކެއްގެ މަތިން ޣައްޒާގެ ކުރިމަގު ބައްޓަން ކުރުމަށް ކަމުގައި ރަޝިޔާއިން ބުންޏެވެ. އަދި، ޤަރާރުގެ މައިގަނޑު މަޤުޞަދަކީ، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ދެމެހެއްޓެނިވި ގޮތެއްގައި ނިމުމެއް ގެނައުން ކަމުގައި ވެސް މޮސްކޯން ބުންޏެވެ.
ރަޝިޔާގެ ޤަރާރުގައި ޣައްޒާގައި ހަމަޖެހުން ޤާއިމުކޮށް، އަމަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ސުލްޙަ ބަލަހައްޓާ ފައުޖެއް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައި ވަނީ އދގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށެވެ. އަދި، އެމެރިކާގެ ހުށަހެޅުމާ ޚިލާފަށް، ޣައްޒާގެ ކަންކަމާ މެދު ބަސްބުނާނެ ވަކި ބޯޑެއް އެކުލަވައިލުމަށް ހުށަހަޅާފައެއް ނުވެއެވެ. އެމެރިކާއިން ދެކޭ ގޮތުގައި ރަޝިޔާގެ ޤަރާރަކީ އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ޤަރާރެކެެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
