
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫތަކަކީ، ވައުދުވެ ވަޑައިގެންނެވި ގޮތަށް ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށާއި، ކޮންމެ ރަށަކުންވެސް ދެން ފިނިގެންދާނީ މަޝްރޫޢުތައް ފަށައި، ނިމިގެންދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ އަތޮޅު ގުޅީ ބިން ހިއްކުމާޢި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ސަރުކާރަށް ހަމަހަމަ ރައްޔިތެއްކަމަށެވެ. އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްނަމަ މިސަރުކާރުން ކޮށްދެއްވައި އެކަންކަން ނިންމަމުންދާނެކަމަށެވެ. އަދި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ފަށާ، ނިންމަމުންދާނެކަމަށާއި ކޮންމެ ރަށަކުންވެސް މިފަދަ މަންޒަރުތައް ފެންނަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަކީ މިސަރުކާރުގެ އަމާޒުކަމަށާއި، އެގޮތުގައި މަސައްކަތް ކުރައްވަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
“ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން އޮތީ މިހެން، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް، އަޅުގަނޑު ކުރިމަތީގައި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންނޭ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ މިގޮތުގައި ކުރިއަށްގެންދާނެ، ކަންކަން ފެށި ނިމި ސޮއިކުރެވި، ކޮންމެ ރަށެއްގައިވެސް ފެނިގެންދާނެ، ކަންކަން ހިނގަމުންދާ ތަން ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭތަން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ގުޅީގެ ހިއްކި ބިމަކީ ތަރައްޤީގެ ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ލޭންޑް ޔޫސްޕްލޭން އެކުލަވާލެވި، ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށެވެ. ރައީސް ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެ ބިމުގައި ކުރުމަށް އެއްބާރުލުންދީ މަގުފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ބޯހިޔާވަހިކާމާއި އިތުރު މަޝަރޫތައްވެސް ކުރިއަށްގެންދަންވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “އެއީ ގޯތި ގެދޮރު ބިނާކުުރުމަށްޓަކައި ހައުސިން މަޝްރޫޢުތައް ހިންގައިދިނުން ކަމުގައި ވިޔަސް، އިޖުތިމާޢީ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން ކަމުގައިވިޔަސް ސަރުކާރުން އޮންނާނީ ރައްޔިތުންނާއެކު ދާން ބޭނުންވާ މިސްރާބަށް ދިއުމުގައި ފުރިހަމައަށް އެއްބާރުލުންދީގެން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ބަނދަރު ބޮޑުކުުރުމުގެ މަޝްރޫޢުއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެމަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށެވެ. މިހާރުވެސް އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ބޭނުންވާ ސާމާނު ރަށުގައި ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކާމިޔާބުކަމާއެކު އަމަލީގޮތުން ފަށާ ނިންމާނެ މަޝްރޫއަކަށް ވާނެކަމަށެވެ. އަދި މިހާރުވެސް ހިނގަމުންދާ އިތުރު މަޝްރޫޢުތައް ނިންމުމަށް އިސްކަންދެއްވާކަމަށާއި އެއީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގުޅީގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް ހައްލެއް އަދިވެސް ނާންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. ދަޢުލަތަށް ގެއްލުން ނުވާގޮތަށް ޤާނޫނާ ޤަވައިދާ އެއްގޮތަށް ބިމުގެ މައްސަލައަށް ހައްލުގެނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ދަތިތައް ހުރުމުން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށާއި ރައްޔިތުން އެދޭގޮތަށް އެކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ގުޅީގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައްވެސް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
