
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޢުމްރާނީ ތަރައްޤީ ގެނެސް، މީހުން ބިނާކޮށް އިންސާނީ ތަރައްޤީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ތަޢުރީފުކުރައްވައިފިއެވެ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަނާރާ ނަޢީމް ވިދާޅުވީ މި ސަރުކާރުން ފަށްޓަވާ އަދި ނިންމެވި މަޝްރޫޢުތަކުގެ ތެރޭގައި ގުޅީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ނިންމަވައިދެއްވިކަމަށްޓަކައި ޑރ. އަނާރާ ޝުކުރު ދެންނެވިއެވެ.
ޑރ. އަނާރާ ވިދާޅުވީ ގުޅީގައި ސަރުކާރުން ހިންގަވާ އެހެން މަޝްރޫޢުތައް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެހެން ރަށްރަށުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. “ހުރިހާ މަޝްރޫޢުތަކެއްގެ ސަބަބުން ޢުމްރާނީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބޭނެ” ޑރ. އަނާރާ ވިދާޅުވިއެވެ. ޑރ. އަނާރާ ވިދާޅުވީ މުޅި ރާއްޖެއަށް ޢުމްރާނީ ގޮތުން ތަރައްޤީ ގެނެސް، އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އިންސާނުން ބިނާކޮށް، އިންސާނީ ތަރައްޤީއާއި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ޑރ. އަނާރާ ފާހަގަކުރެއްވިއެވެ.
ޑރ. އަނާރާ ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ މުސްތަޤުބަލުގައި ފެނި، ޤައުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
