
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު މިސްރާބު ޖަހާފައިވަނީ މުހިއްމު އަދި ރަނގަޅު ދިމާލަކަށްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، ނިޝާން މުލީގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ޞާލިޙް ވިދާޅުވީ ރާއްޖޭގައި ވިޔަފާރިތައް ކުރިއެރުވުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކުރެވޭނެ ފަހި މާޙައުލެއް އޮތްކަމަށެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތުގެ ޝަރަފު، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައިވާ ވިޔަފާރިވެރިޔާ، މުޙައްމަދު ޞާލިޙް ވިދާޅުވީ، ޚިދުމަތުގެ ބައި ޤަރުނަށްވުރެ ދިގު ތާރީޚުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމަށް ކުރެވުނު މަސައްކަތްތަކަމަށެވެ. އެގޮތުން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތައް، އެދާއިރާގައި އެންގޭޖްކުރުވުމާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބައިވެރިކޮށް އެކަން ބަލައިގަތްގަތުމަކީ ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު މިހާރު ކުރިއަށްދާގޮތުން ޤައުމުގެ އިޤްތިޞާދު ހުރީ މުހިއްމު އަދި ރަނގަޅު މިސްރާބެއްގައިކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ޞާލިޙް ވިދާޅުވީ، މީގެކުރީގައި ކަންކަން ހިންގަމުން އައިގޮތާއި ޚިލާފަށް މިހާރު، ސިޔާސަތުތައް އެކުލަވާލުމުގައާއި އެހެނިހެން ކަންކަމަށް ބަލާއިރުވެސް ކަންކަން ބައްޓަންވަމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައިކަމަށެވެ. އަދި ދިވެހީން ތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް ވިސްނުމަށް ގެންނަމުންދާ ބަދަލުތަކާއި މީހުންގެ ނަފްސުގެ ޤާބިލުކަމަށް ވާޞިލުވެ، އޭގެ ބޭނުންކުރަމުން ކުރިއަށްދަނީ ޤައުމު އައު މިސްރާބަކަށް ގެންދަންކަމަށް ވިދާޅުވިއެވެ. އެގޮތުން އާޓިފިޝަލް އިންޓަރލިޖެންސާއި އެހެނިހެން ޒަމާނީ ވަޞީލަތްތަކަށް ދިވެހީން އަހުލުވެރިވަމުންދާއިރު އެކަމަށް ފުރުސަތު މިއަދު ފަހިވަމުންދާކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އިޤްތިޞާދު ބިނާކުރެއްވުމަށް މުޙައްމަދު ޞާލިޙްކޮށްދެއްވި ބުރަ މަސައްތަކުގެ އަގުވަޒަންކުރައްވާ ދިވެހި ދައުލަތުގެ ޢިއްޒަތް، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައެވެ. ޞާލިޙު ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
