
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާއާއި ސޫދާން ހިމެނޭ ގޮތަށް ދުނިޔޭގެ 12 ވަރަަކަށް ސަރަޙައްދެއްގައި އެތައް މިލިޔަން ބަޔަކު ބަނޑަށް ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އދގެ އިދާރާތަކުން އިންޒާރު ދީފިއެވެ. އެ އިދާރާތަކުން މި ފަދަ އިންޒާރެއް ދީފައި މި ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމުތަކުން ޚަރަދުކުރަމުން ދިޔަ މިންވަރު މަދުކޮށްފައި ވަނިކޮށެވެ. އދގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީއާއި ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ، އެފްއޭއޯއިން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ހައިޓީއާއި މާލީއާއި ދެކުނު ސޫދާންގެ އިތުރުން ޔަމަނުގައި ވެސް އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާ ކަމަށެވެ. އޭގެ އިތުރުން އަފްޣާނިސްތާނާއި ކޮންގޯއާއި މިޔަންމާއާއި ނައިޖީރިއާއާއި ސޯމާލިޔާއާއި ސޫރިޔާގެ ޙާލަތު ވެސް ގޯސް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދެ އިދާރާއިން ބުނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފައިސާ ލިބޭ މިންވަރު މަދުވެފައިވާތީ ކުއްލި ޙާލަތުގައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށާއި ކާބޯތަކެތި ފޯރުކޮށްދެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެއާއެކު އެންމެ ނާޒުކު ޙާލަތުގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޤައުމުތަކާއި އެހެނިހެން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރި ކަމަށް ގޮވާލައި ޑަބްލިޔުއެފްޕީއާއި އެފްއޭއޯއިން ބުނީ އެންމެ ނާޒުކު ޙާލަތުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 29 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން މަސް ނިމުނުއިރު ލިބިފައި ވަނީ އެންމެ 10.5 ބިލިޔަން އެމެރިކާ ޑޮލަރު ކަމަށެވެ.
އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ޗޫ ޑޮންގްޔޫ ވިދާޅުވީ ބަޔަކު ބަނޑަށް ޖެހުމުން ރައްކާތެރިކުރުމަކީ ހަމައެކަނި ބޮލުގައި އެޅިފައިވާ ޒިންމާއެއް ނޫން ކަމަށާއި އެއީ ޞުލްޙައާއި ހަމަޖެހުން ދިގު މުއްދަތަށް ޤާއިމު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ޞުލްޙަވެރިކަމަކީ ކާބޯތަކެތި ޔަޤީން ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ކާނާ ލިބުމުގެ ހައްޤަކީ އަސާސީ އިންސާނީ ޙައްޤެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ގިނަ ޢަދަދަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ޤައުމުގެ ގޮތުގައި އޮތް އެމެރިކާއިން މި އަހަރުގެ ތެރޭގައި ވަނީ ބޭރު ޤައުމުަތަކަށް ދެމުންދިޔަ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ކަނޑާލައިފައެވެ. ބައެއް އެހެން ބޮޑެތި ޤައުމުތަކުން ވެސް ވަނީ ތަރައްޤީއަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްދިޔަ އެހީތެރިކަން މަދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
