
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނަށް އިޤްތިޞާދީ ކުރިއެރުން އެކީގައި މަޑުޖެހި، ކޮންމެ 10 އާއިލާގެ ތެރެއިން ނުވަ އާއިލާއިން ރަނގަޅަށް ކާން ނުލިބި، ދަރަނިވެރިވެ، ހަރުމުދާތައް ވިއްކަން މަޖުބޫރުވެފައިވާކަމަށް އދއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. ޔޫއެންޑީޕީގެ ރިޕޯޓެއްގައި ބަޔާންކޮއްފައިވަނީ، ފާއިތުވި ދުވަސްތަކުގައި ޚާއްސަކޮށް ޕާކިސްތާނާއި އީރާނުގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ އަފްޣާނިސްތާންގެ މީހުން އެނބުރި ޤައުމަށް އަންނަން މަޖުބޫރުވެފައިވާކަމަށެވެ. މިގޮތުން، 2023 ވަނަ އަހަރުން ފެށިގެން އެނބުރި އައި މީހުންގެ އަދަދު 4.3 މިލިއަނަށް އަރާ ކަމަށާއި، އޭގެ ސަބަބުން އަފްޣާނިސްތާންގެ އާބާދީ ކުއްލިއަކަށް 10 އިންސައްތައިން އިތުރުވެފައިވާކަމަށް ޔޫއެންޑީޕީގެ އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ފެންބޮޑުވުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން، އަސާސީ ޚިދުމަތްތައް ނުލިބި، 8،000އަށް ވުރެ ގިނަ ގެދޮރު، ދިރިނޫޅެވޭވަރަށް ސުންނާފަތިވެފައިވާ ކަމަށް ބުނެފައިވެއެވެ. ގާތްގަނޑަކަށް 48،000 ގޭބީސީއަކުން މަޢުލޫމާތު އެއްކޮށްގެން ޔޫއެންޑީޕީން ކުރި ދިރާސާއެއްގައި ދައްކާ ގޮތުގައި، އެނބުރި އަފްޣާނިސްތާނަށް އައި އާއިލާތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި އާއިލާތަކުން ސިއްޙީ ފަރުވާ ނުހޯދައި، ކާބޯތަކެއްޗަށް ހޭދަކުރަން ވަނީ މަޖުބޫރުވެފައެވެ. އަދި 45 އިންސައްތަ އާއިލާތަކަށް ރައްކާތެރި، ސާފު ބޯފެން ނުލިބޭކަމަށް ވެސް ބުނެފައިވެއެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، އޭގެ ތެރެއިން 90 އިންސައްތަ އާއިލާ ވަނީ ދަރަނިވެރިވެފައެވެ. މިގޮތުން، 373 އާއި 900 އެމެރިކާ ޑޮލަރުގެ އަދަދުތަކުން ދަރަނި ނަގާފައިވާ ކަމަށް ޔޫއެންޑީޕީން ބުންޏެވެ. މިއީ، އެވަރެޖުކޮށް އާއިލާއަކަށް މަހެއްގަ މައްޗަށް ލިބޭ އާމްދަނީގެ ފަސް ގުނައެވެ.
އަފްޣާނިސްތާނަށް އެނބުރި އައި އާއިލާތައް އާންމުކޮށް ދިރިއުޅޭ ސަރަޙައްދުތަކުގެ ސްކޫލްތަކުގައި ކޮންމެ މުދައްރިސަކު 70 އާއި 100އާ ދެމެދުގެ ދަރިވަރުންނަށް ކިޔަވައިދެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ 30 އިންސައްތަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން މަޖުބޫރުވެފައިވާއިރު، އެ ސަރަޙައްދުތަކުގައި ވަޒީފާ ނެތި އުޅޭ މީހުންގެ އިންސައްތަ ހުރީ 95 އިންސައްތައިގައެވެ. އަފްޣާނިސްތާންގައި ތިބި ރެފިއުޖީންނަށް އެހީވާން މި އަހަރު އދއިން ހޯދަން އެދުނު 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބޮޑު ބައި ނުލިބެއެވެ. އެހެންކަމުން، ކައިރި މުސްތަޤުބަލެއްގައި މާލީ އެހީތެރިކަން ފޯރުކޮށްނުދެވޭނަމަ، އަފްޣާނިސްތާންގެ ޙާލަތު އިތުރަށް ގޯސްވާެކަމުގެ އިންޒާރު އދއިން ވަނީ ދީފައެވެ.
އަފްޣާނިސްތާންގެ ޤާނޫނީ ވެރިކަން ވައްޓާލައި، އެ ޤައުމުގައި ވެރިކަންކުރާ ނިރުބަވެރު ޖަމާޢަތެއްކަމަށްވާ ޠާލިބާންގެ ސަރުކާރުން ވެސް މިދިޔަ ސެޕްޓެމްބަރު މަހު އެ ޤައުމަށް އައި ބާރުގަދަ ބިންހެލުމާއެކު ބައިނަލްއަޤުވާމީ މާލީ އެހީއަށް ވަނީ އެދިފައެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
