
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއްގަމާއި ވައިގެ މަގުން، އެމެރިކާއިން ވެނެޒުއޭލާއަށް ޙަމަލާދޭން ފަށައިފިނަމަ، އެކަމުގެ ރައްދު ދިނުމަށް ހަތިޔާރު ޖަމާކުރަން ވެނެޒުއޭލާގެ އަސްކަރިއްޔާއިން ފަށައިފިއެވެ. ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދި ފަހުން ވަނީ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. އަދި އޮޕަރޭޝަންގެ ދަށުން ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވައިގެ ޙަމަލާތައް ދީފައެވެ. އަދި، އޮޕަރޭޝަންގެ ދަށުން އެ ސަރަޙައްދަށް ވަނީ ގިނަ އަދަދެއްގެ އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. ވެނެޒުއޭލާއަށް އަރައި، އެއްގަމުން ޙަމަލާދޭނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ނުސީދާކޮށް ދެއްވައިފައެވެ.
ޓްރަމްޕް ބޭނުންފުޅުވަނީ، ވެނެޒުއޭލާއަށް އަރައި ގަދަބާރުން ސަރުކާރު ބަދަލުކުރަން ކަމަށް ރައީސް ނިކޮލަސް މަދޫރޯ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ތައްޔާރުވުމަށް އެކުލަވާލާފައިވާ ކަރުދާހަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ވެނެޒުއޭލާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދަނީ، އެފަދަ ޙާލަތެއްގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ގެރިލާ ހަނގުރާމައަކަށެވެ. ސަބަބަކީ، ވެނެޒުއެލާގެ އަސްކަރިއްޔާގައި، އެމެރިކާ އާ އަޅާބަލާއިރު ހަތިޔާރާއި ސިފައިންގެ އަދަދު މަދުވުން ކަމަށް ބުނެފައިވެއެވެ.
މިފަދަ ހަނގުރާމައެއްގައި ބޭނުންކުރަން ރާވާފައިވާ އުކުޅުތަކުގެ ތެރޭގައި، ވެނެޒުއޭލާގެ ތަފާތު 280 ތަނެއްގައި މަދު އަދަދަކަށް ސިފައިން ތިބެ، އެމެރިކާގެ ފައުޖުތަކަށް ކުދިކުދި ޙަމަލާތައް ދިނުން ހިމެނެއެވެ. މިކަމުގެ އަމާޒަކީ، އެމެރިކަ ސިފައިން އަރައިގެންފިނަމަ، ގިނަ ދުވަހު ވެނެޒުއޭލާގެ ސަރަޙައްދުތަކުގައި ތިބުމަށް އުނދަގޫ ކުރުމެވެ.
About Post Author
މާދަމާ ނިއުސް
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
