
ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް އެެ ބޭންކުން މިއަދު ބުނެފި އެވެ. ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއަށް އެ ބޭންކުން ފައިނޭންސް ކުރަނީ ބޭންކިން އުސޫލާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތަށް ރައްދުދީ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓެމެންޓެއް ކުރާ ބޭންކެއް ކަމަށެވެ. މި މަގްސަދު ހާސިލްކުރުމުގައި ބޭންކުން އަމަލުކުރަނީ ބޭންކްގެ ޑިޕޮޒިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމްކޮށްފައިވާ ގަވަނެންސް އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
“މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވެއެވެ،” ބީއެމްއެލް އިން ބުންޏެވެ.
ބޭންކުން މިހާތަނަށް ދޫކުރި ލޯނުތަކުގެ ތަފްސީލު
– ޓޫރިޒަމް: 8.71 ބިލިއަން ރުފިޔާ
– އަމިއްލަ ފަރުދުންނަށް: 5.34 ބިލިއަން ރުފިޔާ
– އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް: 5.09 ބިލިއަން ރުފިޔާ
– ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް: 2.40 ބިލިއަން ރުފިޔާ
– ވިޔަފާރިތަކަށް: 1.04 ބިލިއަން ރުފިޔާ
– އެހެނިހެން ދާއިރާތައް: 1.11 ބިލިއަން ރުފިޔާ
ބީއެމްއެލް އިން ބުނި ގޮތުގައި މި އަދަދުތަކުން ހާމަވަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކް ތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުން އަންނަކަމެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
