
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ)
ބޮންޑު ނުވިއްކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިއްސާ ވިއްކުމުން ސަރުކާރަށް މާ ފައިދާވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. ނަޝީދު އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާއިން ބައެއް ދިނުން މާ ރަނގަޅުވާނެ ކަމަށެވެ. ހިއްސާ ވިއްކައިގެން ލިބޭ އާމްދަނީ ސުކޫކު ދައްކާ ހަލާސްކުރަން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭރުން ރާއްޖެއި އެހެން ގައުމުތަކަށް މިހާރު ދައްކަންޖެހިފައިވާ ދަރަނި ކުޑަކުރެވޭނެ ކަަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާއިރު ވީއައިއޭގެ ހިންގުން 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ނޮވެމްބަރު، 25، 2010 ގައި ހަވާލުކުރީ އެމަނިކުފާނުގެ ވެރިކަމުގައެވެ. އެ އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ. އެ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ޖީއެމްއާރްއަށް ރާއްޖެއިން ބޮޑު ބަދަލެއް ވެސް ދައްކަން ޖެހުނެވެ. އެކަމާއި ގުޅިގެން ނަޝީދު ފަހުން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއްވި ކަމަށެވެ. އަދި އެމްޑީޕީއިން ވެސް ވަނީ ޖީއެމްއާރް އަތުން އެއާޕޯޓް ނެގުން ކުށްވެރިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
