
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން އުޅުނު އެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. މި އެއްވުން ބާއްވަން އެމްޑީޕީން ނިންމާފައި ވަނީ މި މަހުގެ 17 ގައެވެ.
އެމްޑީޕީގެ މުޒާހަރާ މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެއްވުން ފަސް ކުރުމުގެ އިތުރުން އެއްވުން ބާއްވާނެ ތާރީހަކާއި ވަގުތާއި ތަނެއް ނިންމުން އެ ޕާޓީގެ ލީޑަޝިޕުން ނިންމުމަށް ވެސް ފާސް ކުރިއެވެ. އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ މުޒާހަރާ ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ބާއްވާނެ ތަނެއް ނުލިބުން ކަމަށެވެ. އެގޮތުން އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑުގައި ނުބޭއްވޭނެ ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ސަލްޓަން ޕާކް މަރާމާތު ކުރާ ކަމަށް ބުނެ އެ ތަން ވެސް ނުދޭ ކަމަށް އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ވިދާޅުވި ގޮތުގައި އެއްވުމަށް ހުރަސް އަޅަނީ ސަރުކާރުންނެވެ. ހާއްސަކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން މިކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް އިބުރޭ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލޭގައި އެއްވުމާ ގުޅޭގޮތުން ދެމި ހުރިހާ ބެނާއެއް ކަނޑާލުމުގެ އިތުރުން، އެއްވުމުގައި ބައިވެރިވާން ޕިކަޕުން ގޮވުމަށް އެ ޕާޓީން ކުރި މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށް އިބުރޭ ވިދާޅުވިއެވެ. އެމްޑީޕީގެ އެއްވުން ފަސް ކުރިއިރު، މިދިޔަ މަހުގެ 3 ވަނަ ދުވަހު ވެސް އެމްޑީޕީން ވަނީ މާލޭގައި އެއްވުމެއް ބާއްވައިފައެވެ.
އެ ދުވަހު ކުރި ފަސް ޑިމާންޑްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށާއި، ފަސް ހަފުތާގެ ތެރޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުމަށާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމުގެ އިތުރުން، މީޑިއާ ކޮމިޝަންގެ ގާނޫނު އުވާލައި އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
