
ދުޅަހޮޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގާ ޤައުމީ ކެމްޕެއިން “ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު ކެމްޕެއިން” އިފްތިތާޙްކޮށްފިއެވެ. މި ކެމްޕެއިން ފައްޓަވައިދެއްވީ، އެކަމަށްޓަކައި ކ.ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
“ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު ކެމްޕެއިން” އަކީ، އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި، ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި ހިންގާ ކެމްޕޭނެކެވެ. “ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު” ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާ އަދި ދޮށި އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްއޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. ދުޅަހެޔޮ ދިރިއުޅުން މި ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ، އެކި އިދާރާތަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަށު ފެންވަރުގައި އާއްމު ޞިއްޙަތާ ގުޅޭ ޙަރަކާތްތަށް ކާމިޔާބުކަމާއެކު ރޭވުމާއި، ތަންފީޒު ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތްތަކެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް އެހީތެރިވާ ފަރާތްތައް
– ޞިއްޙީ ވުޒާރާ
– ރަށުގެ ޞިއްޙީ މަރުކަޒުތައް / ހޮސްޕިޓަލް
– ތަޢުލީމީ ދާއިރާ، ސްކޫލް/ކޮލެޖު/ ޔުނިވަރސިޓީ
– ރަށު ކައުންސިލް
– އަންހެނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ
– އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތައް
– ސަރުކާރާއި އަމިއްލަ މުއައްސަސާތައް
– ޔޫތު ފޯކަލް ޕޮއިންޓްސް
މި ކެމްޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މި ސަރުކާރުން ގެންދަވަނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ކަމަށެވެ. މިގޮތުން ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ހަރުދަނާ އަދި ނަމޫނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުން މިފަދަ ބަލިތަކުން ރައްކާތެރި ކުރުވުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާ ނަމޫނާ ދައްކަވަމުން ގެންދަވާކަންވެސް ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވިއެވެ. “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ވަނީ، މި ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް. ރައީސްގެ އިރުޝާދާއެކު މި ކެމްޕެއިން ކުރިއަށް ގެންދާނަން. އެންމެންގެ ޝާމިލްވުން އޮތް ކެމްޕޭނެއްގެ ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދާނީ، ” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވިއެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ، މި ކެމްޕެއިންގައި ހިންގާ ހަރަކާތްތައް ޤަވާއިދުން މޮނިޓަރކޮށް ވަޒަން ކުރާނެ ކަމަށެވެ. އަދި ކެމްޕެއިންގެ ހަރަކާތްތަކުގެ ރިޕޯޓް ހުށައެޅުމުގެ ނިޒާމާއި އިންތިޒާމްތައް ޤާއިކުރާނެ ކަމަށެވެ. މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑާއި، ސްކޫލު އެވޯޑުގެ އިތުރުން ޖަމިއްޔާ އެވޯޑް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑްތަކަކީ، ކަނޑައަޅާ މިންގަނޑު ތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކެެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
