
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރާއި އަޅާބަލައި އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ސަރުކުރާ ހިއްސާވާ ކުންފުނިތަކަށް ކުރާ ޚަރަދުތައް ކުޑަވާނެ މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތުގައި މާލީ ވުޒާރާއިން ވަނީ ބަޖެޓާ ގުޅޭ ބައެއް ތަފްސީލީ މައުލޫމާތު ހިމަނާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާއާއި ގުޅޭގޮތުން ބަޖެޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި 902.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ މިއަހަރާއި އަޅާބަލާއިރު 72.9 އިންސައްތަ ދަށް އަދަދެއް ކަމަށާއި އަދި ފާއިތުވި 5 އަހާރުގެ އެވަރޭޖްއާއި އަޅާބަލާއިރު މިއީ 53 އިންސައްތަ ދަށް އަދަދެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ހިނގާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވަނީ، އަލަށް އުފެއްދި ސަރުކާރު ހިއްސާވާ 3 ކުންފުންޏަކަށް ދޭން ޖެހޭ ސްޓާޓްއަޕް ކެޕިޓަލް ޚަރަދުތައް އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އެކުންފުނިތަކަކީ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކުންފުންޏާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހާއްސަކޮށް އިންފްރާސްޓްރަކްޗަރ ސޮލިއުޝަން ކުންފުންޏާއި އަދި ދިވެހިރާއްޖެއަށް ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސިއުޓިކަލް އަދި މެޑިކަލް ސަޕްލައިސް ކުންފުންޏެވެ. މި ތިން ކުންފުންޏަށް އަހަރު ނިމޭއިރު 724.4 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ޚަރަދު ރެކޯޑު ކުރާ ގޮތުގެ ކްލެސިފިކޭޝަނަށް ގެނައި ބަދަލާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ދެމުން ދިޔަ ފައިސާ އަކީ މިއަހަރުން ފެށިގެން އެސްއޯއީ ކެޕިޓަލް ޚަރަދުގެ ބައެއްގެ ގޮތުގައި ހިމަނާފައި ވުމުންވެސް މިއަހަރުގެ ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވާކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރު ކެޕިޓަލް ޚަރަދުތައް ޖުމްލަ ގޮތެއްގައި އިތުރުވި ނަމަވެސް، ވަކިވަކި ކުންފުނިތަކަށް ދެމުން އައި މިންވަރު މިއަހަރު ތެރޭ މަދުކުރެވިފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފިޔަވައި އެހެން ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިއާއެކު ކެޕިޓަލް ޚަރަދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި ފެނަކަ، މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޮމްޕެނީ، މޯލްޑިވްސް ޕޯސްޓް އަދި އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ކުންފުނި ހިމެނެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ މި ކުންފުނިތަކަށް މިއަހަރު ދޫކުރާ ކެޕިޓަލް ޚަރަދު ކުޑަކުރެވޭ އިރު، އަންނަ އަހަރުވެސް މިއަދަދު އިތުރަށް ދަށްވެގެންދާނެއެވެ. އަދި ކުންފުނިތައް ފަށައިގަތުމަށް އައު ކުންފުނިތަކަށް ދިން ސްޓާޓްއަޕް ކެޕިޓަލް އަކީ އެންމެ ފަހަރަކު ކުރަން ޖެހޭ ޚަރަދެއް ކަމުން، މި ޚަރަދުވެސް މިއަންނަ އަހަރު ބަޖެޓުގެ ތެރެއިން ކުންފުނިތަކުގެ ކެޕިޓަލް ޚަރަދުގެ ތެރެއިން މަދުވެގެންދާނެކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
މިއަހަރު ކުންފުނިތަކަށް ލޯނުގެ ގޮތުގައި ހިނގާފައިވާ ޚަރަދު 2.014 ބިލިޔަން ރުފިޔާ އަކީ ވެލާނާ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކޮށްފައިވާ ޚަރަދު ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް މިހާރު މިމަޝްރޫޢު ނިމުމާއެކު މި މަޝްރޫޢުގެ އިތުރު ޚަރަދެއް އަންނަ އަހަރު ހިމަނާފައި ބަޖެޓުގައި ހިމަނާފައި ނެތުމުން މި ބައިންވެސް ޚަރަދު ކުޑަވާނެއެވެ. އަންނަ އަހަރު ލޯނު ޚަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ އެސްޑީއެފްސީއަށް ދޫކުރަން ހަމަޖެހިފައިވާ ލޯނު ޚަރަދު ކަމަށް މާލީ ވުޒާރައިން ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމެވެ. މިކަން ކުރުމަށް ކުންފުނިތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް ސަރުކާރުން މީގެ ކުރިން ނިންމާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
