
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ޢާންމުން ޒައިތޫނި ދަނޑަކުން ޒައިތޫނި ކަނޑަން މަސައްކަތް ކުރަމުން ދަނިކޮށް ޔަހޫދީ ވަޒަންވެރިންގެ ބަޔަކު އެ މީހުންނަށް ހުރަސް އަޅައި ޙަމަލާ ދީފިއެވެ. ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނަބްލުސްގެ ދެކުނުގައި އޮންނަ ބައިތާ ސަރަޙައްދަކީ ފާއިތުވި އަހަރުތަކުގައި ވެސް ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތައް ވަރަށް ގިނައިން އަމާޒުވާ ސަރަޙައްދެކެވެ. 2023ވަނަ އަހަރު ޔަހޫދީން ޣައްޒާއަށް ޙަމަލާ ދޭން ފެށި ފަހުން އެ ސަރަޙައްދަށް ދެމުން ދިޔަ ޙަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. މި އަހަރު ޒައިތޫނި ކަނޑާ ދުވަސްވަރާ ދިމާކޮށް އެ ޙަމަލާތައް ވަނީ އަދި ވަކިން އިތުރުވެފައެވެ.މި އަހަރު ޒައިތޫނި ކަނޑާ މޫސުން ފެށިފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ޔަހޫދީ ވަޒަންވެރިންގެ މި ފަދަ ޙަމަލާތައް އިތުރުވާތީ ފަލަސްޠީނުގެ ރައްޔިތުން ޒައިތޫނި ކަނޑަން ދާއިރު އެ މީހުންނާއެކު ނޫސްވެރިންނާއި އެކްޓިވިސްޓުން ބައިވެރިވެއެވެ. އޭގެ ސަބަބުން ޔަހޫދީ ވަޒަންވެރިން ދޭ ޙަމަލާތައް ވެސް ރެކޯޑު ކުރެވެެއެވެ. ނޮވެމްބަރު މަހުގެ 8ވަނަ ދުވަހު ގާތްގަނޑަކަށް 30 ޢާންމުންގެ މީހުންނާއި އެކްޓިވިސްޓުންގެ އިތުރުން 10 ވަރަކަށް ނޫސްވެރިން ވަނީ ޒައިތޫނި ކެނޑުމަށް ބައިތާގެ ޒައިތޫނި ދަނޑަކަށް އެއްވެފައެވެ. އެ މަސައްކަތް ކުރަމުން ދަނިކޮށް ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރިން ވަނީ އެ ސަރަޙައްދަށް އައިސް އެ މީހުންނަށް ޙަމަލާ ދީފައެވެ. ގާތްގަނޑަކަށް 50 ވަޒަންވެރިން އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އެ ޙަމަލާ ދިނުމަށް ޔަހޫދީ ވަޒަންވެރިން ވަނީ ދަނޑިބުރިއާއި ލަޓިބުރިއާއި ބޮޑެތި ގައު ބޭނުންކޮށްފައެވެ. ބައިނަލްއަޤްވާމީ ނޫސް އިދާރާއެއް ކަމަށްވާ ރޮއިޓަރސްގެ ނޫސްވެރިޔަކާއި އޭނާއާއެކު ހުރި ސަލާމަތީ މުޝީރަކަށް ވެސް އެ ޙަަމަލާގައި ޒަޚަމްވެފައިވެއެވެ.
ފާއިތުވި އޮކްޓޯބަރު މަހު އެކަނި ވެސް ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 264 ޙަމަލާ ދީފައެވެ. މިއީ ޔަހޫދީ ވަޒަންވެރިން ދޭ މި ފަދަ ޙަމަލާތައް 2006ވަނަ އަހަރު އދން ބަލަހައްޓަން ފެށިފަހުން މަހެއްގެ މައްޗަށް ދީފައިވާ މި ފަދަ އެންމެ ގިނަ ޙަމަލާއެވެ. މި ފަދަ ޙަމަލާތައް ދޭ މީހުންނާ ދެކޮޅަށް ޔަހޫދީން ފިޔަވަޅު އަޅަނީ ވަރަށް މަދު ފަހަރަކުއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
