
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ވަރުގަދަ ޑްރޯން އަދި މިސައިލް ޙަމަލާތަކެއް އަނެއްކާ ވެސް ޔޫކްރެއިނަށް ދީފިއެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ ތިން ސަރަޙައްދެއްގައި ހުރި ހަކަތައާބެހޭ މަޒުކަޒުތަކަކަށެވެ. އެ ޙަމަލާތައް ދިނުމަށް 450 ޑްރޯންއާއި 45 މިސައިލް ރަޝިޔާއިން ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވެއެވެ. އެ ޙަމަލާތަކުަގައި ތިން މީހުން މަރުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ބުނީ މަރުވި މީހުންގެ ތެރެއިން ދެ މީހުން މަރުވެފައި ވަނީ އެ ޤައުމުގެ ނީޕްރޯ ސިޓީއަށް ދިން ޙަމަލާއެއް މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވުމުން ކަމަށެވެ. އެ ހާދިޘާގައި 12 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ކާކިވް ސަރަޙައްދުން ވެސް މީހަކު މަރުވެފައިވެއެވެ.
ޔޫކްރެއިންގެ ބޮޑުވަޒީރު، ޔޫލިއާ ސީވިރިޑެންކޯ ވިދާޅުވީ ގެއްލުން ލިބިފައިވާ ތިން ހަކަތައާބެހޭ މަރުކަޒު ހުރީ ވެރިރަށް ކީވްގެ އިތުރުން ޕޮލްޓާވާއާއި ކާކިވްގައި ކަމަށެވެ. ސަރުކާރުގެ ހަކަތަ ކުންފުނި ކަމަށްވާ ސިންތްރައިނަގްރޯ ބުނީ އެ ޙަމަލާތަކަކީ 2022ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޔޫކްރެެއިން-ރަޝިޔާ ހަނގުރާމަ ފެށުުނު ފަހުން އެ ކުންފުނީގެ މަރުކަޒުތަކަށް ދީފައިވާ އެންމެ ވަރުދަގަ ޙަމަލާތައް ކަމަށެެވެ. ކީވްއާއި ކާކިވްގައި އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ސަރުކާރާއި ހަކަތަ ކުންފުނި ތަކުން މިހާރު އަވަދިނެތި މަސައްކަތް ކުރަމުން ދަނީ އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
