
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ދާޢިމީކޮށް ހުއްޓާލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ހުއްޓުމަކަށް އައިސްފައިވާކަމަށް ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް ވިދާޅުވެއްޖެއެވެ. މިދިޔަ މަހު ކުރީކޮޅު ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު، އޮކްޓޫބަރު 19ވަނަ ދުވަހުއެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.
އެންމެފަހުން ހުކުރު ދުވަހު ކުރިއަށްދިޔަ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި، ހުއްޓުމަކަށް އައިސްފައިވާކަމަށް ޚަވާޖާ ވިދާޅުވިއެވެ. ނަމަވެސް، އަފްޣާނިސްތާނުން ޕާކިސްތާނަށް އިތުރު ޙަމަލާއެއް ނުދޭނަމަ، ސުލްޙައިގެ ވަގުތީ އެއްބަސްވުން ދެމިއޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ތުރުކީވިލާތުގައި މަޝްވަރާތައް ފެށުމާ ދިމާކޮށްވެސް، ސަރަޙައްދީ ރޮނގު ކައިރީގައި ދެ ޤަޢުމުގެ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ނަމަވެސް، އެ ކުރިމަތިލުމުގައި ލިބުނު ގެއްލުންތަކުގެ ތަފްޞީލެއް ދެ ފަރާތުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ދާއިމީ އެއްބަސްވުމެއްގެ މަޝްވަރާތައް މިހާރު ހުއްޓުމަކަށް އައިސްފައިވާކަމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާޙިދު ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ސުލްޙައިގެ ވަގުތީ އެއްބަސްވުމަށް އަފްޣާނިސްތާނުން ވެސް އަދިވެސް އިޙްތިރާމް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ޕާކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، ‘ޕާކިސްތާން ޠާލިބާނަށް’ ވާތްގާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ދެކޮޅު ހެދުމެވެ. ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރާއިރު، އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ކާބުލަށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޠާލިބާނުން ތުހުމަތު ކުރެއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބައްދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
