
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސަރުކާރުން ހދ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވިޔަސް، ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫއިން މީހުން ހުސްކޮށް ހަނިމާދޫއަށް ބަދަލުކުރާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.
މިގޮތުން ހަނިމާދޫގައި ގެދޮރާއި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް، މީހުން ބަދަލުކުރަން ނިންމާފައިވާ ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރެއް 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅަން ބިލްޑްޓެކް ކުންފުންޏަކާ ސަރުކާރުން ހަވާލުކުރުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ހީނާ ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ނަމަވެސް އެ މަޝްރޫއަކީ އިސްރާފެއްތޯ ކުރެވުނު ސުވާލަށް ވަކި ޖަވާބެއް ނުދެއްވަ އެވެ. ހިރިމަރަދޫއަކީ އެ އަތޮޅުގެ ރަށްރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށް ކަމަށްވާއިރު، އެންމެ ފަހުގެ ބޯހިމެނުމުން އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. ރައީސް ވިދާޅުވީ ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ނަމަވެސް، ހިރިމަރަދޫން ގޯތި ދޫކުރުން ވަނީ މިހާރު ހުއްޓުވާފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
