
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އިސްކަން ދެއްވާ ކަމަށެވެ. އެގޮތުން ދިވެހި ކުންފުނިތަކާއި މަސައްކަތްތައް ހަވާލުކުރަނީވެސް އެ މަޤްޞަދުގައި ކަމަށް ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމުގެ ތެރެއިން ފައިސާ ހޯދައި ޤައުމުން ބޭރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތަށް މިހާރު ހިންގަމުން އަންނަ ދާއިރާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައެވެ.
މާލީ ވަޒީރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުގެ ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކޮށް ރާއްޖޭގެ މާލީ ނިޒާމު ބޭރުކުރަމުންދާ ކަމަށެވެ. “މިކަން ބަދަލުކުރުމަށް މާލީ ވުޒާރާއިން މިހާރު ވާނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކަމާއިބެހޭ ކުންފުނިތަކަށް އަންގާފައި. ހަމައެއާއެކު ނޭޝަނަލް ޓެންޑަރ ބޯޑުންނާއި މަސްއޫލުވެރި ފަރާތްތަކަށް ވާނީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް 100 ކޮންޓްރެކްޓެއް ހަވާލުކޮށްފައި.” މާލީ ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މާލީގޮތުން ގެނެވޭ މިފަދަ ބަދަލުތަކާއެކު ސަރުކާރުގެ އަމާޒަކީ، ޓެކްސް ދައްކާ ދިވެހި ކުންފުނިތައް ނަގާ ކޮޅަށް ޖަހައި އެކުންފުނިތައް އައު އުސްމިންތަކަށް ގެންދިއުން ކަމަށެވެ. އަދި މިކަމުންވެސް ދައްކުވައިދެނީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އިސްކަން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. ރިއަލް އެސްޓޭޓް ދައިރާއިން ރާއްޖޭއިން ބޭރުވާ ފައިސާ މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރު އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްގައި މުޅިން އަލަށް ބޭރުގެ ވިޔަފާރިތަކަށް ބަންދުކުރި ދާއިރާތަކުގެ ތެރޭގައި 100 މިލިޔަން ޑޮލަރަށް ވުރެ ދަށް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ.
ސަރުކާރުން ވަނީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ ދައިރާތައް ބޭރުގެ ފަރާތްތައް ބަންދުކޮށް، ދިވެހިންނަށް އިތުރަށް އެހީތެރިކަން ބޭނުންވާ ދައިރާތަކުން އިންވެސްޓް ކުރުމަށް އިތުރަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
