
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގަމުން ދިޔަ ކަން އެމެރިކާއަށް ކުރިން ވެސް އެނގިފައި އޮތް ކަން ހާމަވެއްޖެއެވެ. ޔަހޫދީން ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަން އެމެރިކާއަށް އެނގިފައި ވަނީ، އެމެރިކާ ޖާސޫސީ އިދާރާއާ ޔަހޫދީން ހިއްސާ ކޮށްފައިވާ މަޢުލޫމާތުގެ އަލީގައެވެ. އެމެރިކާ ސަރުކާރުގައި ކުރިން މަސައްކަތް ކޮށްފައިވާ ފަސް މަޞްދަރަކުން ބުނީ، ޔަހޫދީ ސިފައިން ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުގެ ވަކީލުން ކޮށްފައިވާ ކަން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ހިއްސާ ކޮށްފައިވާ މަޢުލޫމާތުން ހާމަވެފައިވާ ކަމުގައެވެ. އަދި، އެ ޖަރީމާތައް ހިންގުމުގައި އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ ހަތިޔާރު ބޭނުން ކުރަމުންދާ ކަން ވެސް އެނގިފައިވާ ކަމަށާއި، މި ހުރިހާ މަޢުލޫމާތެއް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހިއްސާ ކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ރޮއިޓަރސަށް މަޢުލޫމާތު ދިން މަޞްދަރުތަކުން ސިފަކޮށްފައިވާ ގޮތުގައި، މިއީ ޣައްޒާ ޤަތުލުޢާންމާ ގުޅިގެން ޔަހޫދީން އެމެރިކާ ސަރުކާރާ ހިއްސާ ކޮށްފައިވާ މަޢުލޫމާތުގެ ތެރެއިން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު މަޢުލޫމާތެވެ. ޔަހޫދީން ހަނގުރާމައިގެ ކުށްތަކެއް ހިންގަމުން ދިޔަ ކަން ހާމަވެފައިވާއިރު، އެ ކަން ފޮރުވުމަށް ޒަޔަނިސްޓު ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަން ހާމަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޒަޔަނިސްޓު ސަރުކާރުން މަސައްކަތް ކޮށްފައި ވަނީ ޔަހޫދީ ސިފައިން ހިންގަމުން ދިޔަ ހަނގުރާމައިގެ ކުށްތައް ދިފާޢު ކުރުމުގެ ގޮތުން ކަމުގައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހިއްސާ ކޮށްފައިވާ މަޢުލޫމާތުން ހާމަވެފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޣައްޒާގެ ޢާންމު ރައްޔިތުންނަށާއި، އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރަމުން ދިޔަ މީހުން ޝަހީދު ކުރުމަށް ޔަހޫދީ ސިފައިން ގަސްދުގައި ޙަމަލާ ދެމުން ދިޔަ ކަން ހިމެނެއެވެ. މިއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މިންގަނޑުތަކުން ބަލާއިރު ހަނގުރާމައިގެ ކުށެކެވެ. ނަމަވެސް، ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ދިޔައީ ދޮގު ކުރަމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. ޣައްޒާގެ ޢާންމުންނާއި އިންސާނިއްޔަތަަށް ޓަކައި މަސައްކަތް ކުރަމުންދާ މީހުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ހަނގުރާމައިގެ ކުށްތަކެއް ހިންގާފައިވާ ކަމުގެ މަޢުލޫމާތު އެމެރިކާގެ ސަރުކާރަށް ލިބިފައި އޮތް ނަމަވެސް، އެ ކަން ހުއްޓުވުމަށް އެމެރިކާއިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. މަޞްދަރުތަކުން ބުނީ، ޔަހޫދީންގެ ހަނގުރާމައިގެ ކުށްތަކުގެ މަޢުލޫމާތު ލިބުމުން، އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައެވެ. އެ މަޝްވަރާތަކުގައި އެމެރިކާގެ ޚާރިޖީ ވުޒާރާ، ދިފާޢީ އިދާރާ—ޕެންޓެގަން، އަދި ޖާސޫސީ ދާއިރާއާއި ވައިޓް ހައުސްގެ އޮފިޝަލުން ބައިވެރިވިއެވެ. އެެއިރު، އެމެރިކާގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވީ ޖޯ ބައިޑަނެވެ.
އެމެރިކާގެ ޤާނޫނުތަކުގައިވާ ގޮތުން، ޤަތުލުޢާންމެއް ނުވަތަ ހަނގުރާމައިގެ ކުށްތަކެއް ހިންގަމުންދާ ޤައުމަކަށް ނުވަތަ ބަޔަކަށް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުމަކީ މަނާ ކަމެކެވެ. ނަމަވެސް، ބައިޑަންގެ ސަރުކާރުން ވަނީ، އެ ޤައުމުގެ އަމިއްލަ ޤާނޫނުތަކާ ޚިލާފަށް، ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ކުރިއަށް ގޮސްފައެވެ. ބައިޑަނަށް ފަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވާފައިވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ ބޭފުޅާއެވެ. ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން އޭނާ ވެސް މެދުކަނޑައިލައްވާފައެއް ނެތެވެ.
ޔަހޫދީންގެ ހަނގުރާމައިގެ ކުށްތައް ހުއްޓުވަން ބައިޑަންގެ ސަރުކާރުން ފިޔަވަޅެއް އަޅާފައި ނެތުމުން އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ އޭނާއަށް ފާޑުވިދާޅުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ސެނެޓުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ ކްރިސް ވެން ހޮލެން ހިމެނިވަޑައިގަންނަވައެވެ. ބައިޑަންގެ ސަރުކާރު އޭނާ ސިފަ ކުރައްވާފައި ވަނީ ލޯފަން ކަމަށް ހެދިގަނެގެން އުޅޭ މީހެއްގެ މިސާލުންނެވެ. މި ގޮތުން، ޔަހޫދީން ހަނގުރާމައިގެ ކުށްތަކާއި ޖަރީމާތައް ހިންގަމުން ދިޔައިރު، އެ މަންޒަރު ނުފެންނަ ކަމަށް ހެދިގަނެގެން ބައިޑަންގެ ސަރުކާރުން އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
