
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ 1،400އަށްވުރެ ގިނަ މީހުން ޔޫކްރެއިންއާ ހަނގުރާމަ ކުރުމުގައި ރަޝިޔާގެ ސިފައިންނާ ބައިވެރިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ. ޔޫކްރެއިންގެ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި ރަޝިޔާގެ ލަޝްކަރު ބޮޑު ކުރުމަށް އެ ޤައުމުން ދަނީ އެ ޤައުމުގެ ފައުޖުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ކުލީ ސިފައިން ބައިވެރިކުރަމުންނެވެ. އެ ގޮތަށް ހަނގުރާމަވެރިން ހޯދުމުގައި ބައެއް ފަހަރު މަކަރާއި ހީލަތް ބޭނުން ކުރާ ކަމަށް ވެސް ޔޫކްރެެއިނުން ބުނެއެވެ.
ޔޫކްރެއިންގެ ޚާރިޖީ ވަޒީރު. އަންދްރީ ސިބިޚާ ވިދާޅުވީ އެކި ހުށަހެޅުންތައް ހުށަހަޅައި ރަޝިޔާއިން އެފްރިކާއަށް ނިސްބަތްވާ މީހުން ރަޝިޔާގެ ފައުޖާ ގުޅުމަށް ހިތްވަރުދީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންދާ ކަމަށެވެ. މި ގޮތަށް ވެވޭ އެއްބަސްވުންތަކަކީ އެ ފަދަ މީހުން އެ މީހުންގެ އަމިއްލަ ނަފްސު މަރަށް ހުށަހެޅުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ. އެފްރިކާގެ ޤައުމުތަކުގެ ސަރުކާރުން އެ ޤައުމުތަކުގެ ރައްޔިތުންނަށް އެ ކަން އަންގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ފައުޖާ ގުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ނިމުން ހިތި ކަމަށާއި ރަޝިޔާއިން އެ މީހުން ބައިވެރިކުރަނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކުގައި އެންމެ ކުރީ ސަފުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުރިމަތިލުންތަކުގައި އެ މީހުން ވަރަށް އަވަހަށް މަރުވުން ވަރަށް ގާތް ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ދެކުނު އެފްރިކާއިން ބުނީ އެ ޤައުމުގެ 17 ރައްޔިތަކު ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި ބައިވެރިވެފައި ވަނީ ކިހިނެެތްތޯ ތަހުޤީޤު ކުރާނެ ކަމަށެވެ. އެ ޤައުމުން އެހެން ބުނެފައި ވަނީ އެ މީހުން ތިބި ޙާލަތުން ސަލާމަތްކޮށްދީ އަނބުރާ ޤައުމަށް ގެންގޮސްދިނުމަށް އެ މީހުން އެދުމާ ގުޅިގެންނެވެ. ކެންޔާއިން ވެސް މިދިޔަ މަހުގެ ތެރޭގައި ބުނީ ރަޝިޔާގެ އަސްކަރީ ކޭމްޕުތަކުގައި އެ ޤައުމުގެ ރައްޔިތުންތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. އެ މީހުންނަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
ސިބިޚާ ވިދާޅުވީ އެފްރިކާގެ 36 ޤައުމަކުން 1،436 މީހަކު ރަޝިޔާއަށް ހަނގުރާމަކޮށްދެމުންދާ ކަަމަށް ޔަޤީންކުރެވިފައިވާ ކަމަށާއި، ހަޤީޤީ ޢަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިނުން ހައްޔަރުކޮށްފައިވާ ބޭރުގެ ކުލީ ސިފައިންގެ ތެރެއިން ގިނަ މީހުން ހިފާފައި ވަނީ އެ މީހުން ބައިވެރިވި ފުރަތަމަ މިޝަންގެ ތެރެއިން ކަމަށް ވެސް އެ ޤައުމުން ބުނެއެވެ. ރަޝިޔާއިން ކުލީ ސިފައިން ހޯދާ ޤައުމުތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޔޫކްރެއިނުން ޙިއްޞާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
