
އިސްލާމްދީނުގައި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް އަދުލުއިންސާފާއި ހަމަހަމަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި އިގުތިސާދީ ފުރުސަތުތަކުގައި އިންސާފުވެރިވުން ހިމެނެ އެވެ. އަދުލުއިންސާފަކީ ކޮންމެ ކަމެއް އޭގެ ހައްގު މަގާމުގައި ބޭއްވުމާއި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގު ފުރިހަމައަށް ލިބުމެވެ. ހަމަހަމަކަމަކީ ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި ނަސަބަކަށް، ކުލަޔަކަށް، ނުވަތަ ދެރަ ނިކަމެތިކަމަކަށް ބެލުމެއް ނެތި އެންމެންނަށް އެއްވަރުވުމެވެ. ނަމަވެސް ހެޔޮ އަމަލާއި ތަގުވާ އާއި ގާބިލުކަމުގެ ސަބަބުން ތަފާތު ވެދާނެއެވެ. އިސްލާމްދީނުގެ އިގުތިސާދީ އަދުލުވެރިކަން ބިނާވެފައިވަނީ ފަރުދީ މިލްކިއްޔާތުގެ ހައްގާއި މުޖުތަމައަށް މަންފާ ލިބުމުގެ ހައްގު ދެމެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ މައްޗަށެވެ. މުދާ މަދު ބަޔެއްގެ އަތްމައްޗަށް ޖަމާވިޔަ ނުދިނުމަށްޓަކައި ރިބާ އާއި އިހުތިކާރު އަދި ނަހަމަ ފުރުސަތުގެ ބޭނުންހިފުން ހަރާމްކުރެ އެވެ. މީގެ އިތުރުން ޒަކާތް ވާޖިބުކޮށް ސަދަގާތް ކުރުމަށް ހިތްވަރުދީފައިވެ އެވެ. އަދި ހުއްދަ ގޮތުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމަށް ބާރުއަޅާއިރު، ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ރައްޔިތުންނަށް ތައުލީމާއި ވަޒީފާ ފަދަ އަސާސީ އިގުތިސާދީ ހައްގުތައް ކަށަވަރުކޮށްދެ އެވެ.
އިގުތިސާދީ ފުރުސަތުތަކުގައި ރައްޔިތުން ހަމަހަމަވާން ޖެހޭއިރު، އެ ފުރުސަތަކަށް ކުފޫ ހަމަވާ އެންމެ ލާއިގު މީހުންނަށް އިސްކަންދިނުމާއި ނަސަބަށް، ޖިންސަށް، ކުލަޔަށް، ސިޔާސީ ފިކުރަށް ނުވަތަ ވަޒީފާއަށް ބެލުމެއްނެތި ފުރުސަތު ދިނުމަކީ މުހިންމު ކަމެކެވެ. އަދި ނިކަމެތިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ވެސް އިގުތިސާދީ މައިދާނުގައި ބައިވެރިވެވޭނެ ގޮތްތައް ފަހިކޮށްދޭން ޖެހެ އެވެ. ދައުލަތަކީ އަދުލުއިންސާފު ގާއިމުކުރުމުގެ މައި ފަރާތް ކަމުން، އިހުތިކާރާއި މަކަރާއި މާލީ ފަސާދަ މަނާކޮށް، މަސައްކަތާއި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށް، ފަގީރުންނަށް އެހީވެ، ބާޒާރު މޮނީޓަރކޮށް، ރައްޔިތުންގެ މުދާ ހެޔޮގޮތުގައި ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެކެވެ. އިގުތިސާދީ ފުރުސަތުތަކުގައި އަދުލުއިންސާފާއި ހަމަހަމަކަން ދެމެހެއްޓުމުން ފަގީރުކަން ކުޑަވެ، ޖަރީމާތައް މަދުވެ، ވަތަނީ ލޯބި އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެ، މުޖުތަމައަށް ހަމަޖެހުން ލިބެ އެވެ. މިއާއި ހިލާފަށް އަދުލުއިންސާފު ނެތިއްޖެނަމަ މުޖުތަމައު ހަރާބުވެދާނެއެވެ. އެހެންކަމުން މިއީ އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.އިސްލާމްދީނުގައި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް އަދުލުއިންސާފާއި ހަމަހަމަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި އިގުތިސާދީ ފުރުސަތުތަކުގައި އިންސާފުވެރިވުން ހިމެނެ އެވެ. އަދުލުއިންސާފަކީ ކޮންމެ ކަމެއް އޭގެ ހައްގު މަގާމުގައި ބޭއްވުމާއި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގު ފުރިހަމައަށް ލިބުމެވެ. ހަމަހަމަކަމަކީ ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި ނަސަބަކަށް، ކުލަޔަކަށް، ނުވަތަ ދެރަ ނިކަމެތިކަމަކަށް ބެލުމެއް ނެތި އެންމެންނަށް އެއްވަރުވުމެވެ. ނަމަވެސް ހެޔޮ އަމަލާއި ތަގުވާ އާއި ގާބިލުކަމުގެ ސަބަބުން ތަފާތު ވެދާނެއެވެ.
އިސްލާމްދީނުގެ އިގުތިސާދީ އަދުލުވެރިކަން ބިނާވެފައިވަނީ ފަރުދީ މިލްކިއްޔާތުގެ ހައްގާއި މުޖުތަމައަށް މަންފާ ލިބުމުގެ ހައްގު ދެމެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ މައްޗަށެވެ. މުދާ މަދު ބަޔެއްގެ އަތްމައްޗަށް ޖަމާވިޔަ ނުދިނުމަށްޓަކައި ރިބާ އާއި އިހުތިކާރު އަދި ނަހަމަ ފުރުސަތުގެ ބޭނުންހިފުން ހަރާމްކުރެ އެވެ. މީގެ އިތުރުން ޒަކާތް ވާޖިބުކޮށް ސަދަގާތް ކުރުމަށް ހިތްވަރުދީފައިވެ އެވެ. އަދި ހުއްދަ ގޮތުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމަށް ބާރުއަޅާއިރު، ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ރައްޔިތުންނަށް ތައުލީމާއި ވަޒީފާ ފަދަ އަސާސީ އިގުތިސާދީ ހައްގުތައް ކަށަވަރުކޮށްދެ އެވެ. އިގުތިސާދީ ފުރުސަތުތަކުގައި ރައްޔިތުން ހަމަހަމަވާން ޖެހޭއިރު، އެ ފުރުސަތަކަށް ކުފޫ ހަމަވާ އެންމެ ލާއިގު މީހުންނަށް އިސްކަންދިނުމާއި ނަސަބަށް، ޖިންސަށް، ކުލަޔަށް، ސިޔާސީ ފިކުރަށް ނުވަތަ ވަޒީފާއަށް ބެލުމެއްނެތި ފުރުސަތު ދިނުމަކީ މުހިންމު ކަމެކެވެ. އަދި ނިކަމެތިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ވެސް އިގުތިސާދީ މައިދާނުގައި ބައިވެރިވެވޭނެ ގޮތްތައް ފަހިކޮށްދޭން ޖެހެ އެވެ. ދައުލަތަކީ އަދުލުއިންސާފު ގާއިމުކުރުމުގެ މައި ފަރާތް ކަމުން، އިހުތިކާރާއި މަކަރާއި މާލީ ފަސާދަ މަނާކޮށް، މަސައްކަތާއި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށް، ފަގީރުންނަށް އެހީވެ، ބާޒާރު މޮނީޓަރކޮށް، ރައްޔިތުންގެ މުދާ ހެޔޮގޮތުގައި ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެކެވެ.
އިގުތިސާދީ ފުރުސަތުތަކުގައި އަދުލުއިންސާފާއި ހަމަހަމަކަން ދެމެހެއްޓުމުން ފަގީރުކަން ކުޑަވެ، ޖަރީމާތައް މަދުވެ، ވަތަނީ ލޯބި އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެ، މުޖުތަމައަށް ހަމަޖެހުން ލިބެ އެވެ. މިއާއި ހިލާފަށް އަދުލުއިންސާފު ނެތިއްޖެނަމަ މުޖުތަމައު ހަރާބުވެދާނެއެވެ. އެހެންކަމުން މިއީ އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
