
(ފޮޓޯ ކްރެޑިޓްސް: ބަންޑާރަ ނައިބު އޮފީސް)
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އިސްލާމްދީނާ ހިލާފު ނުވާނެ ކަމަށާއި، ރާއްޖޭގެ ދީނީ އަސާސްތަކަކީ ގައުމުގެ އަގުތަކާއި ގާނޫނުތަކުގެ ބިންގާ ކަމަށެވެ. އދ. ގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އޭނާ ފާހަގަކުރެއްވީ، ވިސްނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުގައި ވެސް އިސްލާމީ އުސޫލުތަކާ ހިލާފުނުވާނެ ކަމަށާއި، މަދަނީ މިނިވަންކަން ބޭނުންކުރަންވާނީ ގައުމުގެ ހަމަޖެހުމަށް ބުރޫނާރާނެ އަދި ނަފުރަތު ނުފެތުރޭ ގޮތަށް ކަމަށެވެ.
Attorney General Uz. Ahmed Usham at the 50th Session of Universal Periodic Review #UPR pic.twitter.com/VjXlU9gKPH
— AG Office Maldives (@AGOmv) November 5, 2025
މި ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ހިމެނޭ ގޮތަށް، މަދަނީ، ސިޔާސީ، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭ ސިޔާސަތުތައް ޔޫޕީއާރު ވޯކިން ގްރޫޕާ ހިއްސާކޮށްފައިވެއެވެ. އަދި ހާއްސަ އަޅާލުން ބޭނުންވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ވެސް ދީފައިވެއެވެ. މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ތައުރީފުކޮށް، ރާއްޖެއިން ހޯދާ ތަރައްގީ ބަލައިގެންފައިވާ ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.
ޔޫޕީއާރަކީ އދ. ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރާ މިންވަރު ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ވަޒަންކުރާ އުސޫލެކެވެ. ރާއްޖޭގެ ދެން އޮންނާނީ 2030 ގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
