
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓުން އޮފީސް ކުއްޔަށް 178.3 މިލިއަން ރުފިޔާ ހޭދަކުރަން ހިމަނާފައިވާއިރު، މިދިޔަ އަހަރުވެސް ހޭދަކޮށްފައިވަނީ ހަމަ މި އަދަދަށެވެ. މި ހޭދައިގެ ތެރެއިން އެންމެ ބޮޑު ބަޔަކީ އެކި ގައުމުތަކުގައި ގާއިމްކޮށްފައިވާ 19 ހައި ކޮމިޝަންތަކުގެ ކުލި ކަމަށްވާ 53 މިލިއަން ރުފިޔާ އެވެ. މިއީ ސަރުކާރުގެ އޮފީސްތަކުގެ ޖުމްލަ ކުލީގެ 30 އިންސައްތައެވެ. ދައުލަތުގެ 32 އިދާރާއަކަށް ބޭނުންވާ 97 އޮފީހެއް ހިންގުމަށް މި ބަޖެޓުން ހޭދަކުރެ އެވެ. އޭގެ ތެރެއިން މާލޭގައި 28 އިދާރާއަށް 46 އަމިއްލަ ތަން ކުއްޔަށް ނަގާފައިވާއިރު، އެހެން ރަށްރަށުގައި 9 އިދާރާއަށް 32 ތަން ކުއްޔަށް ނަގާފައިވެ އެވެ. މާލޭގައި ހިންގާ އޮފީސްތަކުގެ ކުއްޔަށް 88 މިލިއަން ރުފިޔާ ހޭދަކުރެވޭއިރު، އަތޮޅުތަކުގެ ކުއްޔަށް ފަސް މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
އެމްބަސީތަކުގެ އިތުރުން ކުލީގެ ހަރަދު އެންމެ ބޮޑު އިދާރާތަކަކީ އިމިގްރޭޝަން (8.3 މިލިއަން ރުފިޔާ)، އެންސްޕާ (7.9 މިލިއަން ރުފިޔާ)، އަދި އޮޑިޓް އޮފީސް (7.8 މިލިއަން ރުފިޔާ) އެވެ. މި ދެ އިދާރާ ހިންގަނީ މ. ސްޓާ ކްލައުޑް ބިލްޑިންގްގައެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އޮފީސް ބޭނުމަށް ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގެ އަކަފޫޓަކަށް ޖެހޭ އެވްރެޖް އަހަރީ ކުއްޔަކީ 400 ރުފިޔާ ނަމަވެސް، 22 އޮފީސް އިމާރާތަކަށް މި އަދަދަށްވުރެ ބޮޑު އަގެއް ދައްކަން ޖެހެއެވެ. މާލޭގައި ކުއްޔަށް ނަގާފައިވާ ތަންތަނުގެ ޖުމްލަ ހަރަދުގެ 73 އިންސައްތަ (64 މިލިއަން ރުފިޔާ) ހޭދަވަނީ މި 22 އޮފީހަށެވެ.
ކުލީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، އެޗްޑީސީ މެދުވެރިކޮށް އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
