
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ. އިސްތަންބޫލުގެ ޕްރޮސެކިއުޓަރުން އިއްޔެ ނެރުނު އަމުރުގައި، ހައްދުފަހައަޅާފައިވާ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހިމަނާފައި ވާއިރު އޭގެ ތެރޭފައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ހިމެނެ އެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ނިޒާމީ ގޮތެއްގައި “ޖެނޮސައިޑް” އެއް ކުރިއަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައި ވެ އެވެ.
“އަލް އަހުލީ ބެޕްޓިސްޓް ހޮސްޕިޓަލަށް އޮކްޓޯބަރު 17، 2023 ގައި ދިން ހަމަލާގައި 500 މީހެއްގެ ފުރާނަ ދުއްވާލި. ފެބްރުއަރީ 29، 2024 ގައި އިޒްރޭލު ސިފައިން ގަސްދުގައި މެޑިކަލް އިކްއިޕްމެންޓްތައް ނައްތައިލި. ޣައްޒާ ބާއްވާފައި އޮތީ ހިސާރެއްގެ ދަށުގުވައި. އަނިޔާ ލިބުނު މީހުން އިންސާނީ އެހީން މަހުރޫމްކުރި،” ތުރުކީން ނެރުނު އަމުރުގައި ބުންޏެވެ. އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރެގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ “ޓާކީ ޕެލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް” އަށް މާޗް މަހު ދިން ހަމަލާ ހިމެނެ އެވެ. ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް އިޒްރޭލުން ބުނި އިރު އެ އަމުރަށް ހަމާސް އިން ވަނީ ތައުރީފު ކޮށްފަ އެވެ.
ތުރުކީގެ އަމުރު އައިސްފައި މިވަނީ ނަތަންޔާހޫއާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލާންޓް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނުތާ އަހަރެއް ފަހުންނެވެ. އިޒްރޭލުން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
